އޮފްބީޓް

ބޯނަސް ދިނީ 40 މިލިއަން ޑޮލަރުގެ ފައިސާ ފަރުބަދައަކުން!

ޗައިނާގައި ކޮންމެ އަހަރަކުވެސް ފާހަގަކުރާ "ޗައިނީސް ނިއު އިޔާ" ނުވަތަ "ސްޕްރިންގް ފެސްޓިވަލް" ގެ ކުރިން އެ ގައުމުގެ ހުރިހާ ކުންފުނިތަކަކުން މުވައްޒަފުންނަށް އަހަރީ ބޯނަސް ދޭވޭތޯ ބަލާނެ އެވެ. އެހެން ކުންފުނިތަކަށް ގޮންޖަހާލާ މިއަހަރު ޗައިނާގެ ދަގަނޑު ކުންފުންޏަކުން، އެ ކުންފުނީގެ އަހަރީ ބޯނަސް ދައްކާލީ 44 މިލިއަން ޑޮލަރުގެ ބޮޑު ފައިސާ ފަރުބަދަ އަކުންނެވެ.

ޗައިނާގެ ނޫސް ޝަންގްހީސްޓުގައި ބުނި ގޮތުގައި ޗައިނާގެ ދަގަނޑު ކުންފުނިން "ޑޮލަރު ފަރުބަދަ" ހަދާފައިވަނީ ކުންފުނީގެ ފައިދާ ދައްކާލުމަށެވެ. މި ޑޮލަރު ފަރުބަދައިގައި 44 މިލިއަން ޑޮލަރު ހުރި އިރު އެ ކުންފުނީގެ 5000 މުވައްޒަފުންނަށް ބަހާލުމުން ކޮންމެ މީހަކަށް 8800 ޑޮލަރަށްވުރެ ގިނައިން އަހަރީ ފައިދާގެ ގޮތުގައި ލިބޭނެ އެވެ. މިއީ އެ ކުންފުނީގެ މުވައްޒިފުންނަށް މިދިޔަ އަހަރު ލިބުނު ވަރަށް ވުރެ ދެ ގުނަ އިތުރު އަދަދެކެވެ.

ޗައިނާގެ ނޫހުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ފައިސާ ލިބުނު މުވައްޒިފެއް ޝުއޫރު ފާޅު ކުރަމުން ބުނީ އެ ފައިސާ ލިބުނީތީ އުުފާ ކުރާ ކަމަށާއި ބޭނުން ކުރާނީި ކިހިނެއް ކަމެއް ވެސް އަދި ނޭންގޭ ކަމަށެވެ.

ޗައިނާގެ ކުންފުނިތަކަށް ލިބޭ އަހަރީ ފައިދާ އެންމެންނަށް ދައްކާލާ މިކަހަލަ ގޮތަކަށް މުވައްޒިފުންނަށް ބެހި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް ތަފާތު ގޮތްގޮތަށް ކުންފުނިތަކުން އެ އަހަރުގެ ފައިދާ ދައްކާލަ އެވެ.