އެމްބީބީއެސް އަދި ބީޑީއެސް ހަދަން ބޭނުންވާ ޕްރީމެޑިސިން ނުވަތަ އެއާ އެއް ފެންވަރުގެ ސެޓްފިކެޓްތަށް މިއަދު ފެށިގެން ގަބޫލު ކުރުން ހުއްޓާލާފައިވާ ކަމަށް ހެލްތް މިނިސްޓިރީން ބުނެފި އެވެ.
ހެލްތު މިނިސްޓިރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ކޯސް ދުނިޔޭގެ ގައުމުތަކުގައި ފަރުމާކޮށްފައިވާ ގޮތުން ދަރިވަރުންގެ ތައުލީމީ ފެންވަރު ދަށްވަމުންދާ ކަމަށެވެ. އަދި އެއްހަރު ދުވަހުގެ މުއްދަތަށް ޕްރީމެޑިސިންގެ ކޯސްތަށް ކުރިއަށް ގެންދެވި ނަމަވެސް ދުނިޔޭގެ މަޝްހޫރު ޔުނިވާސީޓީތަކުން ޖީސީ އޯލެވެލްގެ ބަދަލުގައި ހަދާ އެކޯސް ބަލައި ނުގަންނަށް ކަމަށެވެ.
އެއް އަހަރުގެ ޕްރީމެޑިސިން ކޯސްތތަކަށް ދުނިޔޭގެ މެޑިކަލް ކައުންސިލްތަކުގެ ތަރުހީބު ނުލިބިގެންދާއިރު ބައެއް ގައުމުތަކުން އެއްއަހަރު ދުވަހުގެ ކޯހެއް ކަމަށް ބުނެ ހަމަސް ދުވަހުގެ މުއްދަތަށް ކޯސް ކުރިއަށް ގެންގޮސްފައި އެބަހުރި ކަމަށް މިނިސްޓިރީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.