މޯލްޑިވްސް ޕޮލިސް ސާވިސް

އަށް މީހުންނާ އެކު ހުުޅުމާލޭ ނެރުމައްޗަށް ދޯންޏެއް އަރައިފި

އަށް މީހުންނާ އެކު ދަތުރުކުރަމުން ދިޔަ ދޯންޏެއް ހުޅުމާލޭ ނެރަށް އަރައިގެން ކޯސްޓްގާޑުގެ ސިފައިންނާއި އަދި ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.

ފުލުހުން ބުނީ، ހުޅުމާލެ ނެރުމައްޗަށް އަރާފައިވަނީ ދުވެލި ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ. މި ދޯނި ނެރުމައްޗަށް އެރިއިރު، ހަ ދިވެހިން އަދި ދެ ބިދޭސީން ދޯނިން ދަތުރު ކުރި ކަމަށް ފުލުހުން ބުންޏެވެ. އެހެން ނަމަވެސް އެއްވެސް މީހަކަށް ހާދިސާގައި އަނިޔާއެއް ނުވާ ކަމަށް ސިފައިން ބުންޏެވެ.

ސިފައިން ބުނީ، ދޯނީގެ ވެރިފަރާތާއި ސިފައިން އަދި ފުލުހުން ގުޅިގެން ދޯނި ފުންކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.