ދިރާސީ އާ އަހަރުގެ ކިޔެވުން ފެށި ސަރުކާރުން ކުދިންނަށް ހެނދުނުގެ ނާސްތާ ވެސް ދޭން ފަށައިފި އެވެ. ނާސްތާގެ އިތުރުން ވެސް ކުއްޖާގެ ތޫނުފިލިކަން އިތުރު ކުރުމަށާއި ސިކުނޑި ތަރައްގީ ކުރުމަށް ރަނގަޅު ކާނަ ދިނުމަށް ބެލެނިވެރިން އިސްކަން ދިނުމަކީ މުހިއްމު ކަމެކެވެ. ކުދިންނަށް ދޭންވީ ބައެއް ފައިދާހުރި ކާނާއަށް ބަލާއިރު ތިރީގައި އެވާ ތަކެތި ފާހަގަ ކޮށްލެވެ އެވެ.
ބިސް
ބިހަކީ ވަރަށް ފައިދާހުރި އެއްޗެކެވެ. ބިހުގެ އެކުލެވޭ ޕްރޮޓީން އާއި އެހެނިހެން ނިއުޓިރިއެންޓްސްގެ ސަބަބުން ކުދިންގެ ކޮންސެންޓްރޭޝަން ރަނގަޅުވާ ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ. ބިސް ތައްޔާރު ކުރަން ވެސް ފަސޭހައެވެ.
ގްރީކް ޔޯގަޓް!
ސިކުނޑީގެ ސެލްތަކަށް ގްރީކް ޔޯގަޓް ވަރު އެއްޗެއް ނެތްކަމުގައި މާހިރުން ވިދާޅުވެ އެވެ. އަދި ފުލް ފެޓް ގްރީކް ޔޯގަޓް ޕްރޮޓީންއިން ފުރިފައިވުމުގެ އިތުރުން އޭގައި ހިމެނޭ ފެޓްގެ ސަބަބުން ސިކުންޑި ރަނގަޅު ކޮށްދެ އެވެ. ގްރީކް ޔޯގަޓް ކުދިންނަށް ދިނުމަށް ސީރިއަލް އަޅާފައި އެއްކޮށްލާފައި ވެސް ދެވިދާނެ އެވެ.
ފެހިކަންގަދަ ފަތް
ކޭލް އާއި ސްޕިނޭޗް ފަދަ ފެހިކަން ގަދަ ފަތްތަކަކީ ސިކުނޑީގެ އާ ސެލްތަށް އުފައްދަން އެހީވާ ބާވަތްތަކެވެ. މިފަތްތަކުގައި ފޮލޭޓް އާއި ވިޓަމިންސް އަދި އެންޓިއޮކްސިޑެންޓްސް ފުރިފައި ވެއެވެ. މި ނޫނަސް، ދިވެހިން އާއްމުކޮށް ބޭނުންކުރާ މުރަނގަ ފަތަކީ ކުދިންނަށް ދިނުމަށް ވަރަށް ރަނަގަޅު އެއްޗެކެވެ. މުރަނގަފަތުގެ ފައިދާއަށް ބަލާއިރު މިއީ ވިޓަމިން އޭ އިތުރު ކުރުމުގެ އިތުރުން ހީމޯގްލޮބިން ވެސް އިތުރު ކޮށްދޭ އެއްޗެކެވެ. ކުދިންނަށް ފަތްދިނުމަށް ބިސްގަނޑު އެޅުމުގެ އިތުރުން ޕާސްތާ ކެއްކުމުގައި ވެސް ފަތްތައް ބޭނުން ކުރެވިދާނެ އެވެ.
މަސް
މަހަކީ ވިޓަމިން ޑީ އާއި އޮމެގާ 3 އިން ފުރިފައިވާ އެއްޗެކެވެ. އަދި ހަނދާން ގަދަ ކުރުމަށާއި ސިކުނޑިތާޒާ ކުރުމަށް މި އެއްޗިސް އެހީވެދެއެވެ. ސެމަން، ޓޫނާ އަދި ސާރޑިންސް އަކީ އޮމެގާ 3 މަތި އެއްޗިސްއެވެ. ގިނައިން އޮމެގާ 3 ހުންނަ އެއްޗިސް ކާނަމަ ސިކުނޑީގެ ފަންކްޝަންކުރުން ރަނގަޅުވެ ކުދިންނަށް ފޯކަސް ކުރަން ފަސޭހަވެއެވެ. މަހަކީ ދިވެހިން އަބަދު ކާ އެއްޗެކެވެ. އަދި ގިނަ ކުދިންނަށް މަސް ދިނުމަށް އުނދަގޫވެސް ނުވާނެއެވެ. މަސްދަޅުން ސޭންޑްވިޗު ހަދާފަވެސް ކުދިންނަށް ދިނުން މިއީ ފަސޭހަ ގޮތެކެވެ.
ނަޓްސް އެންޑް ސީޑް
މިއީ ޕްރޮޓީންސް، އެސެންޝަލް ފެޓީ އެސިޑްގެ އިތުރުން ވިޓަމިން އާއި މިނަރަލް އިން ފުރިގެންވާ އެއްޗެކެވެ. މިއީ ކުދިންގެ މޫޑު ވެސް ރަނގަޅުކޮށްދީ ނާރވަސް ސިސްޓަމް ރަނގަޅުކޮށްދޭއެއްޗެކެވެ. ނަޓްސް ދިނުމުގައި ޕީނަޓް ބަޓަރ ދޭން ނިންމިދާނެއެވެ. އަދި ނަޓްސް އަށް އެލާރޖިކް ނަމަ ސަންފްލަވަރ ސީޑް ދެވިދާނެއެވެ. މިއީ ފޮލޭޓް، ވިޓަމިން އީ އަދި ސެލީނިއަމް ފުރިފައިވާ އެއްޗެކެވެ.
އޯޓްމީލް
ޕްރޮޓީން އަދި ފައިބަ އިން ފުރިފައިވާ އޯޓްމީލް ސިކުނޑި އާއި ހިތުގެ ނާރުތަށް (އާޓަރީ) ސާފުކޮށްދެ އެވެ. ސްޓަޑީ އަކުން ދެއްކި ގޮތުގައި ހަކުރުލާފަ ހުންނަ ސީރިއަލްގެ ބަދަލުގައި ފޮނިކޮށްފައި ހުންނަ އޯޓްމީލް ކާ ކުދިން ސުކޫލާއި ގުޅޭ މަސައްކަތެއްގައި ހަނދާންގަދަކަމަށް ވަނީ ދައްކާފައެވެ. އޯޓްމީލްކައްކާފައި ދިނުމުގެ އިތުރުން ޔޯގަޓާއި އެކު ސްމޫތީގެ ގޮތުގެވެސް ކުދިންނަށް ދެވިދާނެއެވެ.
އާފަލު އަދި ޕްލަމްސް
ވަރުބަލިވެފައިވާ ނަމަ ކުދިން ހާއްސަކޮށް ފޮނިއެއްޗެއް ކާން ބޭނުންވެއެވެ. އާފަލާއި ޕްލަމް އަކީ ކުދިންނަށް ދޭން ވަރަށް ރަނގަޅު މޭވާއެކެވެ. ކުއާސެޓިން ނަމަކަށް ކިޔަ އެންޓިއޮކްސިޑެންޓް ސަބަބުން ކުދިންގެ މެންޓަލް ސްކިލްސް ދަށް ވިޔަ ނުދީ ހިފަހައްޓާލަ އެވެ.