އެމްއެންޑީއެފް

ވިލިމާލެ ގެއެއްގައި ރޯވި އަލިފާން ނިންވާލައިފި

ވިލިމާލޭގައި ހުންނަށް ފަޅު ގެއެއްގައި ރޯވި އަލިފާން ނިންވާލައިފި އެވެ.

އެމްއެންޑީއެފް އިން ބުނެފައިވަނީ ވިލިމާލޭގައި ހުންނަށް "ސީޝަމް" ގޭގައި ޓިނުން ހަދާފައިވާ ކުޑަތަނެއްގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވަނީ ދަންވަރުު 3:11 ހާއިރު ކަމަށެވެ. އަދި ރޯވި އަލިފާން ނިއްވާލީ، ދަންވަރު 03:25 ހާއިރު ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.