މޭކަޕަކީ ގިނަ ބަޔަކަށް އެޔާ ނުލާ އުޅެން ދަތި އެއްޗެކެވެ. މޭކަޕް ކުރުމުގައި ނެޗުރަލް ލުކުއް ހުރުން އަދި ގިނަ މީހުން މާ ބޮޑަށް ގަޔާ ވެއެވެ. މި ލުކަކީ މޭކަޕްކޮށްފައި ހެން ހީވެސް ނުވާ ލުކެއް ކަމުގައި ނިސްބަތް ކުރި ނަމަވެސް މިގޮތަށް މޭކަޕް ކުރުމަށް ވަގުތާއި މޭކަޕް ވެސް ހޭދަ ވެއެވެ.
މިގޮތަށް ކުރާ މޭކަޕް ހަމަ އެކަނި ޕާޓީ ތަކާއި ހަފްލާތަކުގެ އިތުރުން ކޮންމެ ދުވަހަކު އޮފީހަށް ދާން ނުވަތަ ޑޭޓަށްކަށް ދާންވެސް މާ ސިމްޕްލްވެފައި ރީއްޗެވެ. މިގޮތަށް މޭކަޕް ކުރުމުގައި މައިގަނޑު ފަސް ކަމެއް ކުރެ އެވެ.
ފުރަތަމަ
މޭކަޕްކުރުމުގެ ކުރިން މޫނުގެ ހަންގަނޑު ދޮވެލައި ހިއްކުމަށްފަހު މޮއިސްޓަރައިޒާ އުނގުޅަންވާނެ އެވެ. މޫނުގެ ހަންގަނޑު ހައިޑްރޭޓްވުމަށާއި ގުދުރަތީ ހަންގަނޑުހެން ބޮޑަށް ހީވެސް ވާނީ އެގޮތަށް މޮއިސްޓަރައިޒް ކުރުމުންނެވެ.
ދެވަނަ
ބޭސްއެއްގެ ގޮތުގައި ބީބީ ކްރީމެއް ނުވަތަ ފައުންޑޭޝަންއެއް ސްޕޮންޖަކުން އުނގުޅުން ރަނގަޅެވެ. އަދި ލޯ ކައިރީގައި ހުންނަ ކަޅުކަން ފިލުވުމަށް ކޮންސީލާއެއް އުނގުޅާ ބްލެންޑް ކުރެވިދާނެ އެވެ. މިގޮތަށް ބޭނުންކުރާ ކޮންސީލާ އަކީ މޫނުގެ ފައުންޑޭޝަނަށް ވުރު އަލިކޮށް ހުންނަ ކޮންސީލާއެއްނަމަ ލޯ ކައިރި އިތުރަށް އަލިކޮށްދީ އެއްވެސް ކުލައިގެ ތަފާތެއް ހުރެއްޖެނަމަ ބްލެންޑްކޮށް އެއްކުލަ ކޮށް ދެއެވެ. އަދި އިތުރަށް ކުލަ އަލި ކުރަން ބޭނުންނަމަ ކޮންސީލާ ނިތް ކުރީގަ އާއި ނޭފަތުގައި އާއި ދަތްދޮޅީގައި ހޭކުމުން ބޮޑަށް ކުލަ އަލިވާނެ އެވެ.
ތިންވަނަ
ކޯތާފަތުގައި ގުޅޭ ބްލަޝްއެއް އުނގުޅާލުމުން ރީތި ވެގެން ދެއެވެ. މިގޮތަށް ބްލަޝް އުނގުޅާއިރު ވަރަށް ރަނގަޅަށް ބްލެންޑްކޮށް އެއްތަނަކަށް ކޮންސެންޓްރޭޓް ކުރިޔަ ދީގެން ނުވާނެ އެވެ. އެއަށްފަހު ގުޅޭ ގޮތަށް ބްރޮންޒާ ހާކަލާނީ އެވެ. ބްރޮންޒާ ހާކާނީ ކޯ ކަށިގަނޑު ފާޅުވާ ގޮތަށް އެ ދިމާލުގަ އާއި ނިތްކުރީގަ އެވެ.
ހަތަރުވަނަ
ބުމައިގައި އަދުން އަޅާނަމަ އެޅުމަށްފަހު ރީތި ގުޅޭ އައި ޝެޑޯއެއް ހާކާނީ އެވެ. ނެޗުރަލް ލުކް ގެނައުމަށް ބޭނުންނަމް ބޮޑަށް ބްރައުން ޝޭޑްސް ހިމެނޭ އައިޝެޑޯ ޕެލެޓެއް ގެންގުޅުން މުހިއްމެވެ. އޭރުން ހުރިހާ ޓޯނަކާއި އެކްސްޕެރިމެންޓް ކުރުމަށް ފަސޭހަ ވެއެވެ. ދެން ލޮލުގެ އެސްފިޔާގައި މަސްކަރާ އަޅާނީ އެވެ. މަސަކަރާ އަޅާއިރު ވީހާވެސް ދިގަށް މަސްކަރާގައި ހިފަހައްޓާ މަޑުމަޑުން މައްޗަށް އެސްފިޔަގައި އެޅުމުން ހުރިހާ އެސްފިޔައެއްގައި ކުލަ ޖެހެ އެވެ.
ފަސް ވަނަ
މި ލުކް ނިންމާލަނީ ނޫޑް ކުލައެއްގެ ހަންގަނޑާއި ގުޅޭ ލިޕް ގްލޮސްއަކުންނެވެ. ނެޗުރަލް ލުކެއް ގެނައުމުގައި ބަލަންވީ ވީހާވެސް މީހާގެ ހަމުގެ ކުލަ އާއި ގުޅޭގޮތަށް ބޭނުންކުރާ މޭކަޕް ސާމާނު ބެހެއްޓުމަށެވެ.
ޕާޓީ ތަކަށާއި ހަފްލާތަކަށް ވެސް މޭކަޕް ކޮށްލައިގެން ރީތިކޮށް ނަލަ ހެދިލައިގެން ދާ މީހުން އިތުރު ވެގެންދާއިރު އަހަރުމެންގެ ތެރޭގައި މޭކަޕް ކުރުމަށް ބަލާއިރު ކުރިން ސެލޫންތަކަށް ގޮސް މީހުން މޭކަޕު ކުރިޔަސް މިހާރު މޭކަޕް އާޓިސްޓުން ގެޔަށް ގެނެސްގެން ހިދުމަތް ހޯދާ މީހުން ވެސް މަދެއް ނޫނެވެ. އަދި މިގޮތަށް މޭކަޕް ކޮށްދީގެން އާމްދަނީ ހޯދާ މީހުން ވެސް މަދެއް ނޫނެވެ.