ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގައި ހިނގި ހިޔާނާތާ ގުޅިގެން ސަސްޕެންޑް ކުރީ ދެމަފިރިން

Jan 15, 2019
2

ގައުމީ ބޭންކް، ބީއެމްއެލްގެ މުވައްޒަފުންތަކެއް ހިންގި ހިޔާނާތާ ގުޅިގެން ސަސްޕެންޑް ކުރީ ދެމަފިރިކަން ކަށަވަރުވެއްޖެ އެވެ.

"އަވަސް"އާ ވާހަކަދެއްކި ބީއެމްއެލްގެ ބައެއް މުވައްޒަފުން ބުނި ގޮތުގައި އެ ހިޔާނާތާ ގުޅިގެން ސަސްޕެންޑް ކުރީ ބޭންކްގެ ވަކި ދެ ޑިޕާޓްމަންޓެއްގައި މަސައްކަތް ކުރާ ދެ މުވައްޒަފެކެވެ. އެދެ މީހުންނަކީ ދެމަފިރިން ކަމަށް ވެސް ވަނީ ކަށަވަރުވެފަ އެވެ. ބީއެމްއެލްގެ ބައެއް މުވައްޒަފުން އަވަސް އަށް ބުނި ގޮތުގައި، މިފަހަށް އައިސް އެ މީހުން ވަނީ އާންމުދަނީއާ ނުބައްދަލު އަގުބޮޑު ދިރިއުޅުމެއް އުޅެފަ އެވެ.

އަޑުތައް ފެތުރޭ ގޮތުގައި ބީއެމްއެލްގެ ހިޔާނާތުގައި ހިމެނޭ ފައިސާގެ އަދަދު އަށް މިލިއަން ރުފިޔާއާ ގާތްކުރެ އެވެ. އަދި އެ މުވައްޒަފުން ފައިސާ ނަގާފައި ވަނީ، ކަސްޓަމަރުންގެ އެކައުންޓަކުން ނޫން ކަމާއި ބީއެމްއެލްގެ އެކައުންޓަކުންކަން އިއްޔެ ވަނީ ޔަގީންވެފަ އެވެ.

ބީއެމްއެލްއިން ވެސް އެކަން ދޮގުކޮށްފައެއް ނުވެ އެވެ. ބުނެފައި ވަނީ ހިޔާނާތްވާ މައްސަލަތައް ބަލަން ބޭންކްގެ ތެރޭގައި ހަރުދަނާ ނިޒާމްތަކެއް ހުންނަ ކަމަށާއި އެ ނިޒާމުތަކުގެ ތެރެއިން އެފަދަ މައްސަލައެއް އުޅޭ ނަމަ ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ.

ބޭންކްގެ ބައެއް މުވައްޒަފަކު ބުނި ގޮތުގައި، ބެންކުގަ ދިގު މުއްދަތަކަށް ހިދުމަތްކޮށް ދީފައިވާއިރު މި ހިޔާނާތުގެ ސަބަބުން އާންމުންގެ ޝަކުވާ އާއި ބަދު ބަސްތަކާ ކުރިމަތިލާން މި ދުވަސްވަރު ވަނީ ޖެހިފަ އެވެ. މިވަރަށް ލަދުގަންނަން ޖެހުނު ހާލަތެއް މެދުވެރިނުވާކަމަށް ވެސް ބުންޏެވެ.