މޯލްޑިވިއަން

ޓިކެޓް އަގަށްވާ ގޮތެއް މިހާރު އެނގޭތަ؟

53.8%
15.4%
30.8%

ފުރަތަމަ ކަމަކަށް ގަބޫލު ކުރާށެވެ؛ އެތެރޭގެ އުދުހުންތަކުގެ އަގު މި މަހުގެ ތެރޭ ސަރުކާރުން ވަނީ ހެޔޮކޮފައެވެ. ހެޔޮ ކުރީ ވީ ވައުދާ އެއް ގޮތަށްތޯ ނޫންތޯ ބަލައި ދިރާސާއެއް ކުރުމަކީ މުޅީން އެހެން ކަމެވެ. އެހެންވީމާ އެތެރޭގެ މަންޒިލްތަކަށް އުދުހުމުގައި ކުރިން ހުރި އަގުތައް މިހާރު އެވަނީ ހެޔޮވެފަ އެވެ. ގައުމީ އެއާލައިން އޮޕަރޭޓް ކުރާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އިން ގެނައި ބަދަލާއެކު އެވްރެޖު ގޮތެއްގައި އެތެރޭގައި އުދުހޭ ކޮންމެ މަންޒިލަކުން ވެސް 25 ޕަސެންޓާއި 30 ޕަސެންޓުގެ އަދަދެއް ވަނީ ހެޔޮވެފަ އެވެ. މިއީ އަގުތަކުގެ އެވްރެޖް ނިސްބަތަކުން ބަލާއިރު ގާތްގަނޑަކަށް ރާއްޖޭގެ އެތެރޭގައި ބޭނުންކުރާ ކޮންމެ މަންޒިލަކުން 400ރ. އާއި 800ރ. ގެ އަގު ހެޔޮ ވުމެކެވެ.

މި އަގު ހެޔޮވުން ނުވަތަ އަގަށް މި ގެނައި ހެޔޮ ބަދަލު ބައެއް މީހުން މާނަ ކުރަނީ ތަފާތު ގޮތަކަށެވެ. އެއް ބައެއްގެ ނަޒަރުގައި ޓިކެޓްގެ ހެޔޮވި ކަމަށްވާނީ އަގުތައް ކުރިންސުރެ ހުރި ހިސާބުން މަދުވެގެން ހާހެއްހާ ރުފިޔާ ކޮންމެ މަންޒިލަކުން ވެސް ހެޔޮ ވީމަ އެވެ. އެހެންވީމާ ސުވާލަކީ ޓިކެޓު އަގު ހެޔޮވެއްޖެ އެވެ؟ އެއާލައިނެއް ހިންގުމަކީ އަގު ބޮޑު އޮޕަރޭޝަނަކަށްވާއިރު އެ ދިމާއިން ވިސްނާލުމަކާއި ނުލައި އަގު ހެޔޮވާން ޖެހޭ މިންވަރު ވަކި ގޮތަކަށް ނިންމޭ ގޮތް ވެއެވެ. މައްސަލަ ނުކުންނަ ހިސާބަކީ މިއީ އެވެ.

"އެއާލައިނެއް ހިންގުމަކީ ވަރަށް ބޮޑު އޮޕަރޭޝަނެއް. މަތިންދާ ބޯޓު ފުރާ އަދި ޖައްސާ ކޮންމެ ފަހަރަކު ވެސް އެތައް ލައްކަ ރުފިޔާއެއް ހަރަދަށް އަނދައިގެންދޭ. އެހެންވީމަ މިއީ ހަމަ ތިބެފައި އަގު ހެޔޮ ކުރާނަމޭ، ކިޔާފައި ކުރަން ހެޔޮވާ ވަރުގެ ކަމެއް ވެސް ނޫން،" ގައުމީ އެއާލައިން ހިންގުމުގައި ކުރިން އިސްކޮށް އުޅުއްވި ބޭފުޅަކު އޭނާގެ ނަން އާންމު ނުކުރެއްވުމަށް އެދި ވަޑައިގެން ވިދާޅުވި އެވެ.

އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮ ކުރަން އެއްވެސް ބަޔަކަށް ކުރިން ވެސް ނުކެރުނު އެއް ސަބަބަކީ އެއީ އެވެ. އަނެއް ސަބަބަކީ އަގަށް ގެންނަ ބަދަލާއެކު ދައުލަތަށް އުފުލަން ޖެހޭ ބުރަ ބޮޑުވުމުގެ މައްސަލަ އެވެ.

ސަބަބުތަކަކާލައިގެން އެއްވެސް ބަޔަކަށް އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގުގައި އަތްލައި ކުޅެލަން ނުކެރުނު ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި އެ މަނިކުފާނު ވަނީ އެކަން ހިމަނުއްވައި އެ ވައުދު މިހާރު ފުއްދާފަ އެވެ.

އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮ ކުރުމުގައި ގައުމީ އެއާލައިނުން އެންމެ ބޮޑަށް ބަލާފައިވަނީ އެންމެ ގިނައިން މީހުން ދަތުރުކުރާ ޓްރެފިކް ބޮޑު ސެކްޓާ ތަކަށް އިސް ކަމެއް ދޭށެވެ. އެންމެ ބޮޑަށް އަގު ހެޔޮ ކޮށްފައި ވަނީ ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް އެއް ސަރަހައްދެއްގައި އޮތް އައްޑު އަތޮޅުގެ ގަން އިންޓަނޭޝނަލް އެއާޕޯޓަށެވެ.

ގަމަށް ކުރިން އާއްމު ގޮތެއްގައި 3554ރ. އަށް ދެވުނު ނަމަވެސް އަގަށް ގެނައި ބަދަލާއެކު 888ރ. ހެޔޮކޮށް މިހާރު ދެކޮޅު ޓިކެޓު 2666ރ. އަށް ދެވޭނެ އެވެ. މި ބަދަލު ގެނައި އިރު އެންމެ ކުޑަކޮށް އަގު ހެޔޮ ކޮށްފައި ވަނީ ބ. ދަރަވަންދޫ އެއާޕޯޓަށެވެ. ގިނަ ރިސޯޓުތަކެއް ހިމެނޭ ބ. އަތޮޅުގައި އޮތް ދަރަވަންދޫ އެއާޕޯޓަށް ކުރިން 1996ރ. އަށް ދެވެ އެވެ. ނަމަވެސް މިހާރު މި އަގު ވަނީ 1562ރ. އަށް ހެޔޮކޮށްފަ އެވެ. މީގެ މާނައަކީ ގާތްގަނޑަކަށް 434ރ. ދަރަވަންދޫ ސެކްޓަރުން ހެޔޮވީީ އެވެ.

މި ގޮތަށް އަގު ހެޔޮ ކުރުމާއެކު އާންމު މީހާ ދެން ބުނާނީ އޯކޭ އެވެ. އެހެންވިއްޔާ ކުރިން ލިބެމުން އައި "އެންމެ އަގު ހެޔޮ ފެއާ" އަށް ދެން ވަނީ ކިހިނެއް ހެއްޔެވެ؟ އެ ފެއާ ދެން ލިބޭނެ އެވެ؟ ތެޅިގެން ފައި އަމިއްލައަށް ގޮތެއް ނިންމުމުގެ ބަދަލުގައި މިއަށް ވެސް ހެދި ގޮތެއް ބަލައި ސާފު ކުރާށެވެ. އެ ސުވާލު ސީދާ މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީއާ ކުރަމާ ހެއްޔެވެ؟

ރިޒްވީ ވިދާޅުވި ގޮތުގައި ފެއާ ތިން ރޭންޖެއްގައި ހުރިއިރު އެންމެ ހެޔޮ އަގުގައި ޓިކެޓް ގިނަ ބަޔަކަށް ލިބިގެންދާނެ އެވެ.

މިހާރު ގެނެސްފައިވާ ބަދަލާއެކު އަގު ހެޔޮ ރޭޓްގައި 15،000 ޝީޓް ކޮންމެ ދުވާލަކު ދޫކުރާނެ އެވެ. މި ބަދަލާއެކު އެތެރޭގެ 11 މަންޒިލަށް 500 އެއްހާ ޝީޓް ބެހިގެން ދާނެ އެވެ. މިއީ ޓްރެފިކަށް ނިސްބަތްކޮށް މޯލްޑިވިއަން އިން އެކަނި ބަލާނަމަ ގިނަ ބަޔަކަށް ޓިކެޓް ލިބިގެން ދިއުމޭ ބުނުމުގެ ފުރުސަތު އެބައޮތެވެ. އެހެންވީމަ ފެއާއަށް ވާ ގޮތް އެ ސާފުވީ އެވެ.

ޓިކެޓް ނެގީމަ ނޫނީ ހެޔޮވި ވަރެއް ނޭނގޭ!

"ދެކޮޅު ޓިކެޓޭ ވަންވޭ ރިޓާން ޓިކެޓޭ" ކިޔަކަސް އަދިވެސް ގިނަ ބަޔަކަށް ނޭނގެ އެވެ. ގައުމީ އެއާލައިން ޓިކެޓް އަގު ހެޔޮކޮށް އިއުލާނު ކުރުމުގައި ގިނަ ބަޔަކަށް އޮޅުން އެރި އެއް ސަބަބަކީ ވެސް މިއީ ކަމަށް ބުނެވިދާނެ އެވެ. ނަމަވެސް މިހާތަނަށް ޓިކެޓު ނަގައިގެން ދަތުރުކުރި ގިނަ ބަޔަކު ވަނީ ޓިކެޓްގެ އަގު ހެޔޮވި ކަމަށް އެއްބަސްވެފަ އެވެ. ސަބަބަކީ އާއިލާއެއް މާލެއިން އައްޑު އަތޮޅު ގަމަށް ދަތުރުކޮށްލާއިރު، ޖީބުން 2000ރ. ވަރު ކުޑަވެގެން ދާތީ އެވެ.

ގައުމީ އެއާލައިން ދެންދާވީ ޔޫރަޕަށް!

ޓިކެޓުގެ އަގު ހެޔޮ ކުރުމުން މޯލްޑިވިއަންގެ ފައިދާ އިން ބޮޑު ބައެއް އުނިވެގެންދާނެ އެވެ. ބެލެވޭ ގޮތުގައި އަހަރެއްގެ މައްޗަށް 200 މިލިއަނާއި 400 މިލިއަން ރުފިޔާވަރު ކުންފުންޏަށް "ލޮސް" ވާނެ އެވެ. މީގެ ރަސްމީ ހިސާބެއް ޖަހައިދެވެނީ މޯލްޑިވިއަންއަށެވެ. ކޮންމެ ގޮތަކަށް ހިސާބު ޖެހިއަސް ގެއްލުން 400 މިލިއަނާ ކައިރި ކުރާނެ އެވެ. އެކަމަކު އެއީ ބައްދަން ޖެހޭނެ ބާގަނޑެކެވެ.

މިކަން ފޫބެއްދޭނެ އެއްގޮތަކީ ހުރިހާ ކަމަކަށް ވެސް އޮންނަ "ސަރުކާރުގެ ސަބްސިޑީ" އެވެ. އަނެއް ގޮތަކީ އެ ކުންފުންޏަށް ވިޔަފާރީގެ އެހެން މަގު ތަކެއް ކޮށައި ދިނުމެވެ. ނޫނީ މެނޭޖްމެންޓްގެ ކެޕޭސިޓީން އެކަން ތަނަވަސްކޮށްގެން ދެމިގަތުމެވެ.

ގައުމީ އެއާލައިން ހިންގުމުގައި ކުރިން މަސައްކަތް ކުރެއްވި އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި ގައުމީ އެއާލައިން ޔޫރަޕަށް ދަތުރު ފެށުމާއި ޓޫރިޒަމަށް އިންވެސްޓް ކުރަން ފުރުސަތު ފަހި ކުރުމަކީ އެ ކުންފުނީގެ މުސްތަގުބަލަށް ފައިދާހުރި ކަމަކަށް ވާނެ އެވެ.

"މީގެ ހަތަރު އަހަރު ކުރިން ހައެއްކަ ބޯޓު މި އޮތީ. މިހާރު އެބައޮތް 20 ބޯޓް މޯލްޑިވިއަންގެ ފްލީޓުގައި. އެހެންވީމާ މިހާރު ޔޫރަޕަށް ދަތުރު ފެށުން މުހިންމު ހަގީގަތުގައި ޑައިރެކްޓް ޔޫރަޕަށް ފަށައިފިނަމަ ކުންފުނި ހަމަ އިސްކޮޅަށް ތެދުވާނެ،" އޭނާ ވިދާޅުވި އެވެ. "މިހާރު އެބަޖެހޭ ސީޕްލޭން ފްލީޓް ވެސް ފުޅާ ކުރަން. މިގޮތަށް ފުޅާ ކުރުމުން އެ މާކެޓު ވެސް ލިބިގެން ދާނެ."

ޓިކެޓުގެ އަގު ހެޔޮކޮށްފި އެވެ. ހަމައެއާއެކު ދެން ބަލަން ޖެހޭ އަނެއް ކަމަކީ މި އަގު ދެމެހެއްޓުމެވެ. މިކަން ކުރެވޭނީ ގައުމީ އެއާލައިންގެ ވިޔަފާރި ފުޅާކޮށް ބީ ހިއްލައިލައިގެނެވެ.

24 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހަވާނާ

400 މިކިޔަނަށްވުރެ ބޮޑު ސަބްސިޑީސް ދެންކޮން ގެއްލުމެއް

ސޭޓް

ޢަގު ބޮޑު އިރު ދަރަވަންދޫ އިން އެއްކޮޅު 599ރ. އަގު ހެޔޮވީމަ އެއްކޮޅު 549ރ . ދެން ކޮން %20 %30 އެއް ހެޔޮވީ. 1996 ރ މީ ކޮންތާކުން ނެރުނު އަގެއްކަމެއް ވެސް ނޭނގޭ

ހަސަނުގ

ބޭފުޅާއަށް ހީވަނީ ހުރިހާތަކާކަށްވެސް ފުލައި ކުރަނީ އެންމެ އަގަކަށް ޓިކެޓް ނަގައިގެން ކަމައްތަ؟ އެންމެ އަގުބޮޑު ޓިކެޓުން ކެނޑިވަރު ތިޖަހަނީ. ހުރިހާ ޓިކެޓެއްގެ އަގުތައް ވެސް ޖަހާލިނަމަ. ހެހެ. މިހެން މޮޔަ ގޮއްވަން އުޅުނަކަސް ނުވާނެ. 999އަށް ވިލާއިން އައްޑޫއަށް ދެވޭ.

ގަމާރު

ދެން ވިލާއިން ދިޔައިމަ ވީއެއްނު

ތަފާތޭ

އާއްމު މީހާއަށް ލުއިވިނަމަވެސް ގައުމީ އެއަރލައިނަށް އެހާ ބޮޑު ގެއްލުމެއްވެ ސަރުކާރަށް ބާރުބޮޑުވީމަ އެއީ ހަމަ ރައްޔިތު މީހާއަށް ބާރުބޮޑުވުމެއް ނޫންތަ؟ އެހެން ދިމާއަކުން ރައްޔިތުން އަތުން އެ ފައިސާ ސަރުކާރަށް ނުނަގާނެތަ؟ ދިރާސާކޮށް ހިންގޭނެ ކަމުގެ ޔަގީންކަން ނެތް ހޮޅި ސިޔާސީ ވައުދަށް މީހުން ހެއްލުމެއް ނުހުއްޓުވޭނެ.

ގިނިކަނދު

ބޮޑު އޮޅުވާލުމެއް ލ.އަތޮޅުން ފެށިގެން ދެކުނަށް ޓިކެޓުގެ ހެއުވިއްޔާ ހެޔޮވީ އެހެން ހިސާބުތަކަށް ހަމަ ކުރިންވެސ ލިބޭ އަގުގަ ލިބެނީ އެބުނާ އަގުހެޔޮ ޓިކެޓު ގަންނާކަށް ނުލިބޭ އެ ބުނާ އަގު ހެޔޮ ކުރުމުގެ ކުރިންވެސް ތިމަރަފުއްޓަށް ދަތުރުކުރެވޭ ފެއާރ ޓިކެޓުގެ އަގު މިހާރު އެބުނާ އެންމެ އަގުހެޔޮކަމަށްބުނާ އަގާ ތަފާތެއްނެތް އަނެއްކާ ތިމަރަފުއްޓާ ލ.ކައްދުއާ އެއްއަގެއްކަމަށް އެބުނަނީ އެއީވެސް އޮޅުވާލުމެއް މުޅިންވެސް މަކަރާ ހީލަތް އަވަސް ނޫހުންވެސް ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ނުކުރުމަށް ގޮވާލަން

ޢޮޅުއަށި

ޢިތުރު ތަފްސީލަކަށް ނުދިޔަސް "މޮޅްޑިވިއަން ސްޓައިލްގަ" ކުރަނީއޭ ބުނުމުން މިހާރު އެނގޭނެ ކޮންމެ މީހަކަށް އޭ ކިހިނެއްކަން

މޮލްޑިވު ސްޓައިލް

ޓިކެޓް އަގަތް ވާގޮތް އެނގޭ . ޢޮޅުވާލީ . ތަފާތު ކުރީ . ކުޑަމީހާށް ކުޑަކޮށް ބޮޑުމީހާއަށް ބޮޑުކޮށް އޮންނަ ބީދައިން. ހަމަހަމަ ކަމާއި ޢިންސާފު ނެތީ

އަސްލަމް

އަގުހެޔޮ ނުކުރަނީސް ދެކޮޅަށް 1998ރ އަށް އައްޑުއަތޮޅަށް ދެވޭ. މިހާރު 2666ރ އަށް ވުރެން ކުޑަކޮށް ނުދެވޭ. އެހެންވީމަ އަގު ހެޔޮ ވީމަ ގޯސްވީ

ގަމާރު

ބަލަގަމާރު.. މަދުން ލިބޭ ހާއްސަ އަގުތަކުގެ ވާހަކަ ނުދައްކާ. މުހިންމީ ކޮންމެ ވަގުތަކުވެސް ގަންނަން ލިބޭ ނޯމަލް ފެއަރގެ އަގު. ކަލޭމެން ބޭނުންވަނީ 999 ގެ އެގުންވެސް 30% ކުޑަކުރަންދޯ. ޢޭރުން 250 އަށް ކޮޅެއް. ކަލޭ ހިލޭދާންވީނުން

ޙަމީދު. ކުޑަހުވަދޫ

ޢެބުނާ އެންމެ ކުޑައަގު ނުލިބި މުޅިން ލިބެނީ ބޮޑުއަގު..ސަރުކާރުން ރައްޔަތުންގެ ތެލުގެޓެކްސް ކެނޑީމާ ދިވެހިންނަށް އެން.މެ އަގުހެޔޮކަމަށް މަ ދެކެން. ކަލޭމެން ދެކެނީ ކިހިނެއް؟ އައިލެންޑް އޭވިއޭޝަނުން ހަދަނީ މަކަރުހެންހީވަނީ. ޢެހެންނޫނީ ...

ޢަލީބަލީ

މިހާރު މޯލްޑިވިއަން ފުލީޓްގައި ލޯންގ ހައުލް ދަތުރު ކުރާނެ ފްލައިޓެއްނެތް. މިހާރު ވެސް ދުރު ދަތުރު ތަކުގައި ސްޓް އޯވަރ ހަދަން އެހެންވީމަ. އެއީ ހަރަދު ބޮޑު ގޮތެއް. އެހެންވީމަ ޔޫރަޕް ވާހަކަ އަދި ނުދައްކާ ބާއްވާ.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910