އޮފްބީޓް

އަފްޣާނުގެ ޓެލެންޓް ޝޯގައި ސަލާމް ވަރަށް ހިނގައިފި!

އަފްޣާންގެ ޓެލެންޓު ޝޯ އެއްގައި، ކެނެޑާގެ ބޮޑުވަޒީރު، ޖަސްޓިން ޓްރޫޑޯ އާ ވައްތަރު މީހަކު ފެނިގެން އެންމެންގެ ސަމާލުކަން އެ މީހާއަށް ހުއްޓިއްޖެ އެވެ.

"އަފްއާން ސްޓާ" ކިޔާ ޓެލެންޓު ޝޯ އަކަށް އަފްޣާނުގެ އަބްދުލް ސަލާމް މަފްތޫން އައީ ލަވަ ކިޔާށެވެ. މިއީ އަފްޣާނުގައި ބާއްވާ އެންމެ މަގުބޫލު އެއް ރިއަލިޓީ ޝޯ އެވެ. މަފްތޫން މި ޝޯއަށް އައިސް ލަވަކިޔަން ފެށުމުން ޝޯގެ ޖަޖުންނަށް އޭނާ އާއި ކެނެޑާގެ ބޮޑުވަޒީރާ ވައްތަރު ކަމަށް ތަކުރާރުކޮށް ބުނެ ކުޑަ ވަގުތު ކޮޅެއް ތެރޭ އެންމެންގެ ސަމާލުކަން ހޯދި އެވެ.

ކެނެޑާގެ ބޮޑުވަޒީރު، ޖަސްޓިން ޓްރޫޑޯ އަކީ ސިޔާސީ ދާއިރާގައި ދުނިޔޭގައި ވެސް ފާހަގަކޮށްލެވޭ ފަންނާނެކެވެ. ޓްރޫޑޯއާ ވައްތަރު ކަމަށް ގިނަ ބަޔަކު ބުނާ މަފްތޫން، ފްރާންސްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި މިކަމާ ބެހޭ ގޮތުން ބުނަނީ ބުނަނީ، މީގެ ކުރިން އޭނާއަކީ މީހުންނަށް ނުވެސް އެނގޭ މީހެއް ކަމަށާއި، މިހާރު އެންމެންވެސް އޭނާ ދަންނަނީ ކެނެޑާގެ ބޮޑުވަޒީރުގެ ގޮތުގައި ކަމަށެވެ. އަދި މީހާރު އެންމެންވެސް އޭނާ އަށް ގޮވަނީ ޖަސްޓިން ޓްރޫޑޯގެ ނަމުންނެވެ.

އަފްޣާނުގެ ޓެލެންޓު ޝޯގައި ބައިވެރިވި އަބްދުލް ސަލާމް މަފްތޫން މިހާރު އެ ޝޯގެ ސެމީފައިނަލަށް ވަނީ ގޮސްފަ، މި މަގުބޫލުކަމާއެކު، އޭނާ އެ ޝޯ ކާމިޔާބު ކުރުމަކީވެސް އެކަށީގެންވާ ކަމެކެވެ.