ހަބަރު

ޕެރަޑައިސް ރިސޯޓްގައި ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ

Jan 16, 2019
3

ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ އަންހެން ފަތުރުވެރިއަކު ގެނބިގެން މިއަދު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ 66 އަހަރުގެ ކޮރެއާ އަންހެން މީހާ މަރުވީ ސްނޯކަލިންއަށް ގޮސް އުޅެނިކޮށް ކަމަށެވެ. އަދި އެ އަންހެން މީހާ މަރުވީ މާލެ ގެނެސް އޭޑީކޭގައި ފަރުވާދެމުން ދަނިކޮށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިދިޔަ ހަފްތާ ކ. ދިއްފުށީ ގެސްޓް ހައުސްއެއްގައި ޗުއްޓީ ހޭދަކުރަން ތިބި ދެމަފިރިއަކު ވެސް ސްނޯކަލިންއަށް ގޮސް އުޅެނިކޮށް ވަނީ މަރުވެފަ އެވެ. އެ ދެމަފިރިންގެ ހަށިގަނޑު ރާއްޖެއިން ފޮނުވާލާފައި ވަނީ ޓޫރިޒަމް މިނިސްޓްރީގެ ހަރަދުގަ އެވެ. އެކަމަށް 25،000 ޑޮލަރު ހަރަދުވި އެވެ.