މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

ސިޔާސީ މައިދާނުގައި އަންހެނުންނަށް ގޮންޖެހުން އެބަހުރި: މިނިސްޓަރު

ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ އަދި ހަރަކާތްތެރިވާން ބޭނުންވާ އަންހެނުންނަށް ގޮންޖެހުންތައް ގިނަ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެ އެވެ.

މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ތިން ވަނަ ދައުރުގެ އިންތިހާބީ މެމްބަރުންގެ އިގްރާރުގައި ސޮއި ކުރަން ރޭ ރަސްރަނީ ބަގީޗާގައި ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރު ޝިދާތާ ވިދާޅުވީ، އިންތިހާބުތަކުގައި އަންހެނުން ވާދަ ކުރަން ގޮންޖެހުންތައް ނެތް ކަަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް އަންހެނެކަށްވުމުން އިންތިހާބުތަކުގައި ވާދަ ކުރުމަށް ގޮންޖެހުންތަކާ ކުރިމަރިވާ ކަމަށެވެ.

މިނިސްޓަރު ޝިދާތާ ވިދާޅުވީ އިގްތިސޯދީ އަދި މުދަލުގެ އޯނާޝިޕްގެ ގޮތުންވެސް އަންހެނުންގެ ހިއްސާ ކުޑަ ކަމަށެވެ.