ލައިފްސްޓައިލް

މިއޮތީ ހަފުތާ ބަންދަށް ހާއްސަ ލިސްޓެއް!

ބުރަ މަސައްކަތަށް ފަހު ހަފުތާގެ ބަންދަކީ އެންމެންވެސް ވަރަށް އިންތިޒާރު ކުރާ ދެ ދުވަހެވެ. މި ދެދުވަހު އަރާމުކޮށް ރެސްޓް ކުރުމުގެ އިތުރުން ޝައުގުވެރިވާ އެހެނިހެން ކަންތައް ކޮށްލައި އާއިލާ އަދި ރަހުމަތްތެރިންނާއެކު ވަގުތު ހޭދަކުރުމަށް ހަފްތާގެ ސްޓްރެސް ފިލުވާލުމަށް ހަމަ ބަރާބަރެވެ.

ހެނދުނުގެ ނާސްތާއަށް ބުފޭ އަކަށް ދިއުން!

މުޅި އާއިލާއާއެކު ހެނދުނުގެ ނާސްތާއަކަށް ނުދާނަމަ ހަފުތާ ބަންދު އައި ކަމަކަށް ނުވެ އެވެ. މިއީވެސް ހަފަތާ ބަންދު ފެށުމުގެ ގޮތުން އާއިލާއެއްކޮށް ވަގުތު ހޭދަކުރުމުގެ ގޮތުން ކޮށްލަން ސަޅި ކަމެކެވެ.

ހުޅުމާލޭގައި ސަޅި ކެފޭއަކަށް ޖައްސާލުން!

ހުޅުމާލޭގައި އަދި ނުދައި އެތައް ކެފޭއެއް އޮބަ ހުއްޓެވެ. ކޮންމެ ހަފުތާއަކުހެން އާ ކޮންމެވެސް ކެފޭއެއްގެ އަޑު އިވެއެވެ. ނޫނީ އާ ކޮނެމްވެސް ޑިޝްއެއް މެނޫގައި ޓްރައިކޮށްލަން ރަނގަޅު ކަމަށް ބުނާ ހަބަރުތައް ލިބެ އެވެ.

ސެންޓްރަލް ޕާކްގައި ޕިކްނިކެއް ހަދާލުން!

މިހާރު ޕިކްނިކް ހަދަން ބީޗަށް ދިއުމުގެ ބަދަލުގައި ތަފާތު ގޮތަކަށް ޕިކްނިކްއެއް ޓްރައި ކޮށްލަން، ހުޅުމާލޭ ސެންޓްރަލް ޕާކް ވަރަށް ސަޅި އެވެ. ޕިކްނިކް ބްލޭންކެޓަކާއި ލުއިކާނާ ކޮޅަކާއި ކުދިން ކުޅޭނެ ބޮކި އަރުވާ ފުޅި އާއި ބޯޅައެއް ގެންދިއުމުން ހުކުރު ދުވަސް ސަޅި ގޮތަކަށް ހޭދަވީ އެވެ.

ބައިކް މޯލްޑިވްސްއާއެކު ބުރެއް ޖަހާލަން ދިއުން!

މިއީ މާލޭގައި މިހާރު އޮންނަ ޖަމާއަތެކެވެ. ކޮންމެ ހުކުރު އަދި ހޮނިހިރު ދުވަހު އެންމެން އެއްކޮށް ބައިސްކަލް ދުއްވާލަން ދެއެވެ. ބައިސްކަލެއް ހިފައިގެން ހަފްތާ ބަންދުގެ ހެނދުނު އެމީހުނާއެކު ބުރެއް ޖަހާލުން ވެސް މިއީ އާ ތަޖުރިބާއަކަށް ވެދާނެ އެވެ.

ކައިރި ރަށަކަށް ޖައްސާލުން!

ހަފްތާ ބަންދުގައި "ރެސްޓް އެންޑް ރިލެކްސް" ކުރުމަށް ހަމަ އެންމެ ރަނގަޅު އެއްކަންތަކެވެ. މިގޮތުން ވީކެންޑް ގެޓައަވޭ އެއް ހަދާލުމަށް ކައްި ރަށެއްގެ ގެސްޓެ ހައުސްއެއްގައި ނިދާލައި ޖަޒީރާ ރާއްޖެ މޫޑެއް ތަޖުރިބާކޮށްލުން ވެސް ރަނގަޅެވެ.

ހަފްތާރެސް ވީކެންޑް މާކެޓް!

ޔޫތު މިނިސްޓްރީ އިން އިންތިޒާމު ކޮށްގެން ކޮންމެ ހަފްތާ ބަންދަކު ބާއްވަމުން ދާ ހަފްތާރެސް މާކެޓުގެ ފުޑް ސޯޓްލް އަދި ވިޔަފާރި ސްޓޯލްތަކަށް ދިއުންވެސް ހަފްތާ ބަންދު ހޭދަކުރެވިދާނެ އެވެ.

ސިނެމާ އަށް ޖައްސާލުން!

ސިނެމާ އަށް ގޮސް މޫވީއެއް ބަލާލާން ވެސް ހަފްތާ ބަންދުގައި ވަގުތު ހުސްކުރެވިދާނެ އެވެ. އަދި މާލޭގައި ހުންނަ ކުޑަކުދިންނަށް ހާއްސަ ލައިބްރަރީ އަށް ގޮސް ކުދިންނަށް ފޮތް ކިޔާދީ ހެދުމަށް ވެސް ހަފްތާ ބަންދުގައި ވަގުތު ހޯދާލުން ސަޅިއެވެ. މީގެ އިތުރުން ސްކޫލް ފެށުމާއެކު ކުދިން އަބަދު ސްކޫލް، ޓިއުޝަން އަދި އެހެންވެސް ކްލާސްތަކަށް ގެންދިއުމުގެ ބަދަލުގައި އެކުދިންނަށް ބޭރުގައި ކުޅެލުމުގެ ފުރުސަތު ހޯދާ ދިނުމަށް ޕާކްތަކަށް ދިއުމަކީވެސް ހަފްތާ ބަންދު ހޭދަކުރަން ރަނގަޅު ގޮތެކެވެ.