ވިޔަފާރި

ރާއްޖޭގެ އިޝްތިހާރު ސީއެންއެން އާއި އެންޖީސީއަށް!

މާލެ ، 17 ޖެނުއަރީ 2019 -- މިނިސްޓްރީ އޮރް ޓުއަރިޒަމްގައި ބޭއްވި ނޫސްކޮންފަރެންސެއްގައި މިނިސްޓަރ އަލީ ވަހީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- އަހުމަދު ޝުރާއު | އަވަސް
0%
0%
0%

ދުނިޔޭގެ އެންމެ މަޝްހޫރު ދެ ޗެނަލް ކަމަށްވާ ސީއެންއެން އާއި ނެޝެނަލް ޖިއޮގްރެފިކް ޗެނަލް (އެންޖީސީ) ގައި ރާއްޖެ އިޝްތިހާރު ކުރަން މަޝްވަރާ ކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މަޝްހޫރު ދެ ދެ ޗެނަލް ކަމަށްވާ ސީއެންއެން އާއި ނެޝެނަލް ޖިއޮގްރެފިކް ޗެނަލްގައި އިޝްތިހާރު ކުރުމުގެ ބޭނުމަކީ ރާއްޖޭގެ މަންޒަރުތައް ގިނަ މީހުންނަށް ފެންނާނެ ގޮތް ހެދުން ކަމަށެވެ.

"މީގެ ބޭނުމަކީ ރާއްޖެ އިތުރަށް އިޝްތިހާރު ކުރުމާއި އެ ފަރާތްތަކާ ގުޅިގެން ކުރެވޭނެ މަސައްކަތްތައް ބެލުން،" އަލީ ވިދާޅުވި އެވެ.

ރާއްޖެއަކީ ކުރިން ސީއެންއެން އާއި ބީބީސީ ފަދަ ޗެނަލްތަކުގައި އިޝްތިހާރު ކުރާ ގައުމެވެ. ނަމަވެސް ފަހަކަށް އައިސް މި ޗެނަލްތަކުގައި އިޝްތިހާރު ކުރުން ވަނީ ހުއްޓާލާފަ އެވެ. މީގެ އެއް ސަބަބެއް ކަމަށް ވަނީ ޓޫރިޒަމް އިޝްތިހާރު ކުރަން ހާއްސަކޮށްފައިވާ ބަޖެޓު ކުޑަވުމެވެ. ނަމަވެސް މި ސަރުކާރުން ވަނީ ޓޫރިޒަމް ބަޖެޓު 100 މިލިއަން ރުފިޔާ އަށް އިތުރު ކޮށްފައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910