ވިޔަފާރި

މިދިޔަ އަހަރު ޓޫރިސްޓުން ހޭދަކުރި ރޭގެ އަަދަދު 10 ޕަސެންޓުގެ އިތުރުވި

ވީއައިއޭ ، 17 ޖެނުއަރީ 2019-- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޑޮމެސްޓިކް ޓާމިނަލްގައި ޓުއަރިސްޓުން މަޑުކޮށްލައިގެން -- އަހުމަދު ޝުރާއު | އަވަސް
0%
0%
0%

މިދިޔަ އަހަރު ރާއްޖޭގައި ޓޫރިސްޓުން ހޭދަކުރި ރޭގެ އަދަދު 10.2 ޕަސެންޓް އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ޓޫރިސްޓުން ތިބުމަށް ރަޖިސްޓްރީކޮށްފައިވަނީ 44،860 އެވެ.އަދި މީގެތެރެއިން އެވްރެޖު ގޮތެއްގައި 41،777 އެނދު ވަނީ އޮޕަރޭޓް ކޮށްފަ އެވެ. އަދި މި މުއްދަތުގެ ތެރޭގައި ޓޫރިސްޓުން ހޭދަކޮށްފައިވާ ރޭގެ އަދަދު ވަނީ އިތުރުވެފަ އެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި މި މުއްދަތުގެ ތެރޭގައި ރާއްޖޭގެ ރިސޯޓްތަކާއި ގެސްޓްހައުސްތައް އަދި ހޮޓާތަކާއި ސަފާރީތަކުގައި ލަފާކުރެވޭ ބެޑްކެޕޭސިޓީއަކީ 9،417،715 އެވެ. އަދި މި މުއްދަތުގައި ޓޫރިސްޓުން އެނދު ބޭނުންކުރި ނިސްބަތް ވަނީ 62.1 ޕަސެންޓަށް އަރާފަ އެވެ. މިއީ 2017 ވަނަ އަހަރާ އަޅާބަލާއިރު އެއް ޕަސެންޓުގެ އިތުރުވުމެކެވެ. މި މުއްދަތުގައި ޓޫރިސްޓުން އެވްރެޖު ގޮތެއްގައި ހޭދަކޮށްފައިވަނީ 6.4 ދުވަހެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި މިދިޔަ އަހަރު ރާއްޖެއަށް 1.4 މިލިއަން މީހުން ވަނީ އައިސްފަ އެވެ. މިއީ 2017 ވަނަ އަހަރާ އަޅާބަލާއިރު 6.8 ޕަސެންޓް އިތުރު ވުމެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910