ހަބަރު

ރައީސް ނަޝީދު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމްޑީޕީގެ ޓިކެޓް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފި އެވެ.

އެމަނިކުފާނު ވާދަ ކުރައްވަނީ މައްޗަންގޯޅި މެދު ދާައިރާއަށެވެ. އެއީ އަލަށް މަޖިލީހަށް އިތުރު ކުރި ދާއިރާ އެކެވެ.

އެ ދާއިރާގެ ޓިކެޓް ރައީސް ނަޝީދު ކާމިޔާބު ކުރެއްވީ 267 ވޯޓާއެކު އެވެ. އެމަނިކުފާނާ ވާދަ ކުރެއްވި އާޝިޔަތު އަލައިކާ އަދުނާނަށް ލިބިފައިވަނީ 52 ވޯޓެވެ.

ރައީސް ނަޝީދު މަޖިލީހުގެ ޓިކެޓް ކާމިޔާބު ކުރައްވާފައިވާއިރު އެމަނިކިފާނަށް މަޖިލީހަށް ވާދަ ނުކުރެވޭނެ ގޮތް ހެދުމަށް ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް ވަނީ މަޖިލީހަށް އިސްލާހެއް ހުށަހަޅާފަ އެވެ.

ނަމަވެސް ރައީސް ނަޝީދު ވިދާޅުވެފައިވަނީ އަންނަ މަޖިލީހުގައި އެމަނިކުފާނު ހަމަ ޔަގީނުން ވެސް އިންނަވާނެ ކަމަށެވެ.