މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުން މަޖިލީހުގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ކައިވެނި ބައްލަވައިގެންނެވި މޮރޮކޯގެ އަނބިކަނބަލުންނާއި ދެ ބޭފުޅުންގެ ކައިވެނި ޕާޓީއެއް ރަސްމީކޮށް ބާއްވައިފި އެވެ.
ކުލަ ގަދަކޮށް ގިނަ ބަޔަކު ޖަމާކޮށްގެން މި ޕާޓީ އިއްޔެ ބޭއްވި އިރު އެ ދެބޭފުޅުން ކައިވެނި ބައްލަވައިގެންނެވީތާ ދެތިން މަސް ދުވަސް ވެެއްޖެ އެވެ.
ރާއްޖެއިން ބޭރުގައި ވެސް ވިޔަފާރި ހިންގަވާ އަދި ސިޔާސީ ލީޑަރު ސިޔާމްގެ މޮރޮކޯ އަނބިކަނބަލުންގެ ކައިވެނި ޕާޓީ އޮތީ ސިޔާމްގެ ރިސޯޓެއް ކަމަށްވާ އިރުފުށީގަ އެވެ. ޕާޓީއާއެކު ދައްކާލުމުގެ ރަމްޒީ ކައިވެންޏެއް ވެސް ކޮށްފައި ވެއެވެ.
މީގެ ކުރިން ވެސް ސިޔާމް ވަނީ ކައިވެނިތައް ކުރައްވާފަ އެވެ. އޭގެ ތެރޭގައި ވަރަށް ޒުވާން ބޭފުޅަކު ވެސް ހިމެނިވަޑައިގެންނެވި އެވެ. އޭނާގެ ކައިވެނި ޕާޓީ ވެސް ވަރަށް ބޮޑުކޮށް ބޭއްވެވި އެވެ.