އެމްއެންޑީއެފް

ގެެއްލިގެން ހޯދަމުންދިޔަ ދޯނި ފެނިއްޖެ

ގދ. ތިނަދޫން ފުރައިގެން މާލެ ދަތުރު ކުރަމުންދިޔަ "ފްރެޝް" ދޯނި ގެއްލިގެން ހޯދަމުން ދަނިކޮށް މިހާރު ފެނިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

ދޯނި ހޯދަމުން ދަނިކޮށް އެ ދޯނީގެ ހަބަރެއް ވެފައިވަނީ ރޭ ފަތިހު 5:00 ޖެހި އިރު އެވެ. ދޯންޏާ ގުޅުން ކެނޑުނީ ދޯނީގެ އިންޖީނު ހުއްޓުމުން ކަމަށް އެ ދޯނީގެ ފަޅުވެރިންނާ ހަވާލާދީ އެމްއެންޑީއެފުން ބުންޏެވެ. ދޯނީގެ އިންޖީނަށް ދިމާވި މައްސަލަތް މިހާރު ހައްލުކު ރުމަށްފަހު ތިނަދޫއަށް ދާން ފުރާފައިވާ ކަމަށްވެސް ބުންޏެވެ.

"ފްރެޝް" ދޯނި ގެއްލިގެން އުޅޫކަމުގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބިފައިވަނީ އިއްޔެ ހަވީރު އެވެ.