ހަބަރު

އަނެއްކާވެސް ޕެރަޑައިސްގައި ޓޫރިސްޓަކު މަރުވެއްޖެ

Jan 19, 2019
3
ޕެރަޑައިޒް އައިލެންޑް ރިސޯޓް. --
0%
0%
0%

މާލެ އަތޮޅު ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ ޗުއްޓީގައި އައިސް އެ ރިސޯޓްގައި އުޅުނު ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރުފަހު 3:15 ގައި ކަމަށެވެ. މަރުވެފައި އޮއްވާ ފެނިފައިވަނީ ޗެކްރިޕަކްލިކްގެ އުމުރުން 84 އަހަރުގެ ފިރިހެނެކެވެ. އޭނާ މަރުވެފައި އޮއްވާ ފެނިފައިވަނީ މޫދުންނެވެ. އޭނާގެ ހަށިގަނޑު މިހާރު ވަނީ އޭޑީކޭ އަށް ގެނެސްފައެވެ.

ޕެރެޑައިސް އިން ޗެކްރިޕަކްލިކް މީހަކު މަރުވެފައި އޮއްވާ ފެނިފައިވާއިރު، މިދިޔަ ހަފުތާގައި އެރިސޯޓްގައި ވަނީ އަންހެން ފަތުރުވެރިއަކު ގެނބިގެން މަރުވެފަ އެވެ. މީގެ އިތުރުން މިދިޔަ ހަފުތާގައި ވަނީ ހަނީމޫނަށް ރާއްޖެ އައިސް އުޅުނު ފިލިޕީންސްގެ ދެމަފިރިއަކު ވެސް ރާއްޖެއައިސް މޫދަށް އެރި އުޅެނިކޮށް ގެނބިގެން މަރުވެފަ އެވެ. އެ ދެމަފިރިން ތިނީ ދިއްފުށީގަ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345