މޯލްޑިވްސް ޕޮލިސް ސާވިސް

ޕެރަޑައިސްގައި ތިން ވަނަ ޓޫރިސްޓަކު މަރުވެއްޖެ

ޕެރަޑައިސް އައިލެންޑް ރިސޯޓް: ފޮޓޯ ފެރެޑައިސް
0%
0%
0%

މާލެ އަތޮޅުގެ ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ޗައިނާ ޓޫރިސްޓަކު މަރުވެއްޖެ އެވެ. މިއީ މި ޖެނުއަރީ މަހުގެ ތެރޭގައި އެ ރިސޯޓްގައި މަރުވި ތިންވަނަ ޓޫރިސްޓު މީހާ އެވެ.

ފުލުހުން ބުނި ގޮތުގައި އެ ރިސޯޓުގައި މަރުވެފައިވަނީ 36 އަހަރުގެ ފިރިހެނެކެވެ. އޭނާ މަރުވެފައި އޮއްވާ ފެނިފައިވަނީ ރިސޯޓުގައި އޭނާ އުޅެމުންދިޔަ ކޮޓަރީގެ ތެރެއިންނެވެ.

ޕެރަޑައިސްގައި ޗުއްޓީ ހޭދަ ކުރަމުން އައި އެ މީހާ ފެނިގެން އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައީ ރޭ ދަންވަރު 1:00 ޖެހި އިރު އެވެ. އޭނާ މާލެ ގެނެސް އޭޑީކޭއަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިއީ މިމަސް ތެރޭ ޕެރަޑައިސް ރިސޯޓުގައި އިތުރު ދެ މީހަކު މަރުވެފައިވާއިރު އެކަކު މަރުވީ މޫދުގަ އެވެ. އެއީ ޗެކްރިޕަކްލިކްގެ އުމުރުން 84 އަހަރުގެ ފިރިހެނެކެވެ. އަނެއް މީހާ ވެސް މަރުވީ މޫދަށް ގެނބިގެނެވެ.

8 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345