މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް ޕާޓީ

އަދީބު ގެންދިއުމުން އެމްޓީޑީއިން އިހްތިޖާޖެއް ކުރަނީ

މޯލްޑިވްސް ތާޑްވޭ ޑިމޮކޮރޮޓިކްސް (އެމްޓީޑީ) އިން މިރޭ އިހްތިޖާޖެއް ކުރަން ނިންމައިފި އެވެ.

އެމްޓީޑީ އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިހާރުން މިހާރަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ބޭސް ފަރުވާގެ ހައްގު ހޯދައި ދިނުމަށް ގޮވާލާ މިރޭ 9:00 އިން ފެށިގެން 10:00 އަކަށް އިހްތިޖާޖު ކުރަން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް އެ ޕާޓީން އިހްތިޖާޖު ކުރަން ނިންމާފައިވަނީ ކޮންތާކު ކަމެއް ބުނެފައެއްނުވެ އެވެ.

މިއަދުގެ ވަގުތެއްގައި ކެރެކްޝަނުން ވަނީ އަދީބު ހޮސްޕިޓަލުން ޖަލަށް ގެންގޮސްފައެވެ. އަދީބުގެ ބޭސް ފަރުވާގެ ކަންކަން ކުރިއަށް ގެންދިޔުމަށްޓަކަށާ ގޭބަންދަށް ދޫކޮށްލާފައި ހުއްޓާ އަނބުރާ ޖަލަށް ގެންދިޔުމުން އެމްޓީޑީގެ އިސް ފަރާތްތަކުން ދަނީ އަދީބަށް ބޭސް ފަރުވާގެ ހައްގު ހޯދައިދީ އޭނާ ގެއަށް ބަދަލު ކުރުމަށް ގޮވާލަމުންނެވެ.