ޔާމީން ރަޝީދުގެ މަރު

އިމްރާނަކީ އެންމެ ނާގާބިލް ހޯމް މިނިސްޓަރު: ޔާމީން

މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަކީ މިހާތަނަށް ރާއްޖޭގެ ހޯމް މިނިސްޓަރު ކަމަށް ވަޑައިގެންނެވި އެންމެ ނާގާބީލް މިނިސްޓަރު ކަމަށް އެމްޓީޑީގެ ނައިބު ރައީސް އަދި ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު ވިދާޅުވެއްޖެ އެވެ.

މިރޭ އެމްޓީޑީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔާމީން ވިދާޅުވީ، މިނިސްޓަރު އިމްރާނަށް އިދާރީ ގޮތުން ހޯމް މިނިސްޓްރީ ހިންގަވަން އެނގިވަޑައި ނުގަންނަވާ ކަމަށާއި، ގައިދީން އަދި ކަރެކްޝަން ސާވިސްގެ ހިދުމަތްތަކާ ގުޅޭ ކަންތައްތައް ވެސް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

"ގައިދީން ކަރެކްޝަން ސާވިސްގެ ހިދުމަތްތަކާބެހޭ ގޮތުން އިމްރާނަށް މައުލޫމާތު އެނގިވަޑައެއް ނުގަނޭ. އެހެންވީމާ އިމްރާން އަބްދުﷲ އަކީ މިފަހުގެ ތާރިހެއްގައި ދިވެހި ރާއްޖެ ދުށް އެންމެ ނާގާބިލް ހޯމް މިނިސްޓަރު،" ޔާމީން ވިދާޅުވި އެވެ.

ޔާމިން ވިދާޅުވީ މިއަދު އަހުމަދު އަދީބަށް އަނިޔާ ކުރާހެން ދިވެހި ރައްޔިތުންނަށް އަނިޔާ ކުރަން ހުންނެވުމުގެ ބަދަލުގައި އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުން މާ ރަނގަޅު ވާނެ ކަަމަށެވެ.

އިތުރަށް ވިދާޅުވީ މިނިސްޓަރު އިމްރާން އެ މަގާމުގައި ހުންނެވިހާ ހިނދަކު ރައްޔިތުންނަށް ރަނގަޅު މުސްތަގުބަލެއް ނެތް ކަމަށެވެ.