މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

ދެކުނުގެ ދެ އަތޮޅަށް ޔެލޯ އެލާޓް ނެރެފި

ގައުމީ މޫސުމާ ބެހޭ އިދާރާއިން ރާއްޖޭގެ އެންމެ ދެކުނުގެ ދެ އަތޮޅު ކަމަށްވާ ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީއަށް ޔެލޯ އެލާޓް ނެރެފި އެވެ.

މެޓް އޮފީސް އިން ބުނެފައިވަނީ، މިރޭ 9:00 އިން ފެށިގެން މިރޭ މެންދަރު 12:00 އާ ހަމައަށް ފުވައްމުލަކަށް ޔެލޯ އެލާޓް ނެރެފައިވާ ކަމަށާއި އަދި އައްޑުއަށް ޔެލޯ އެލާޓް ނެރެފައި ވަނީ މިރޭ 8:45 އިން ފެށިގެން 11:45 އާ ހަމައަށެވެ.

މެޓް އޮފީހުން އިތުރަށް ބުނެފައިވަނީ މިދެ އޮތޮޅަށް ޔެލޯ އެލާޓް ނެރެފައިވަނީ، ބޯކޮށް ވާރޭ ވެހި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭތީ ކަމަށެވެ. ގަނޑިތަކުގައި، ގަޑިއަކު ފަސް މޭލާ 15 މޭލާ ދެމެދު ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރާއިރު ވިލާގަނޑުގައި ގަނޑިއަކު 35 މޭލަށް ބައި ޖެހޭލެއް ބާރުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.