ހަބަރު

ހުޅުމާލޭގައި އަންހެނަކު މަރުވި މައްސަލާގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފި

މި މަހު 12 ވަނަ ދުވަހު ހުޅުމާލޭގައި ކުއްލި ގޮތަކަށް އަންހެނަކު މަރުވި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރި މީހާ ދޫކޮށްލައިފި އެވެ.

ހުޅުމާލޭ މުރަކަ 7، އާއިޝަތު ވިޝާމާ މަރުވި މައްސަލައިގައި ފުލުހުން ބުނީ، އެ މައްސަލާގައި ހައްޔަރު ކުރި އަންހެން މީހާ އިއްޔެ ކޯޓުން ދޫކޮށްލާފައިވާ ކަމަށެވެ.

އެ އަންހެން މީހާގެ މަރާ ގުޅިގެން ތަފާތު ވާހަކަތައް ދެކެވެ އެވެ. އެހެން ނަމަވެސް އާއިލާއިން އެ ވާހަކަތައް މީގެ ކުރިން ދޮގު ކޮށްފައިވެ އެވެ. އެ އަންހެން ކުއްޖާ މަރުވީ އަމީން އެވެނިއުގެ އެޕާޓްމަންޓެއްގައި ރަށްޓެހިންތަކަކާ އެކު އުޅެނިކޮށެވެ. އޭނާއާ އެކު ތިބި ރަށްޓެހިން އަންހެން ކުއްޖާ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔައީ ފިޓް ޖެހުނު ކަމަށް ބުނެ އެވެ. ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލަށް އެ ކުއްޖާ ގެނައި އިރު ވެސް މަރުވެފައިވާ ކަމަށެވެ.