ހަބަރު

ތުލުސްދޫގައި ބިދޭސީއަކު ގެނބިގެން ފަރުވާދެނީ

މާލެ އަތޮޅު ތުލުސްދޫގައި މޫދަށް އެރި އުޅުނު ބިދޭސީއަކު ގެނބިގެން ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން ބުނީ، ތުލުސްދޫގައި މޫދަށް އެރި އުޅުނު ޕާކިސްތާނު ފިރިހެނަކު ގެނބިގެން ފަރުވާ ދެމުންދާ ކަމަށެވެ. އެކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރުފަހު 3:30 ގައި އެވެ. އަދި އެމީހާއަށް ތުލުސްދޫ ހެލްތް ސެންޓަރުގައި ފަރުވާދެމުންދާ ކަމަށާއި އެމީހާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.

މޫދަސް އެރި އުޅެނިކޮށް ގެނބިގެން މަރުވުމުގެ ހާދިސާތައް ފަހަކަށް އައިސްވަނީ ގިނަވެފަ އެވެ، އެގޮތުން އިއްޔެވެސް ވަނީ ޕެރަޑައިސް ރިސޯޓްގައި މޫދަށް އެރި އުޅެނިކޮށް މީހަކު މަރުވެފަ އެވެ. އަދި މިދިޔަ ހަފުތާގައި އެރިސޯޓްގައި ވަނީ އަންހެން ފަތުރުވެރިއަކު ގެނބިގެން މަރުވެފަ އެވެ. މީގެ އިތުރުން މިދިޔަ ހަފުތާގައި ވަނީ ހަނީމޫނަށް ރާއްޖެ އައިސް އުޅުނު ފިލިޕީންސްގެ ދެމަފިރިއަކު ވެސް ރާއްޖެއައިސް މޫދަށް އެރި އުޅެނިކޮށް ގެނބިގެން މަރުވެފަ އެވެ. އެ ދެމަފިރިން ތިބީ ދިއްފުށީގަ އެވެ.