ހަބަރު

ފީނަން ގޮސް އުޅުން ޓޫރިސްޓަކު މަރުވެއްޖެ

ސަފާރީއަކުން ފީނަން ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ފަތުރުވެރިއަކު މަރުވެފައިވަ ކަމުގެ މައުލޫމަތު ލިބުނީ މިއަދު އިރުއޮއްސި 6:00 ހާއިރު ކަމަށެވެ. މަރުވެފައި ވަނީ އުމުރުން 40 އަހަރުގެ ރަޝިޔާ އަންހެނެއް ކަމަށް ފުލުހުން ބުންޏެވެ.

އެ މީހާ ޑައިވިންއަށް ގޮސް އުޅުނީ އދ. މުށިމަސްމިނގިލި ކައިރިން ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ބަލަމުންނެވެ.