ގާސިމް އިބްރާހިމް

"މިހުރީ ނާށިގަނޑު ހިފައިގެން، ބޮޑުލާރިއެއް ވައްޓާލިޔަސް ހިފާނަން"

Jan 21, 2019
23

ޖުމްހޫރީ ޕާޓީއަށް މިވަގުތު އޮތީ ސިޔާސީ ގޮތުން "ނާށިގަނޑު ހިފައިގެން ސަލާން ޖެހުން" ކަމަށައި މިހާރު ޖަހާ "ސިޔާސީ ސަލާމު" ގައި ބަޔަކު ނުވަތަ މީހަކު "ބޮޑު ލާރިއެއް ވައްޓާލިޔަސް" ހިފައި އެބަޔަކާއެކު މަސައްކަތް ކުރާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މެންބަރުންތަކެއް ޖޭޕީއަށް ސޮއި ކުރަން ރޭ ބޭއްވި ކުޑަ ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ތެރޭގައި ޕާޓީތަކުން އެކުގައި މަަސައްކަތް ކުރުމަށް ވައުދުތަކަކާއި އަހުދުތަކެއް ވެފައިވާ ވިޔަސް ވެރިކަަމާ ހަމަޔަށް އާދެވުމުން އެ ވައުދުތައް އުވާލާފައިވާ ކަމަށެވެ. އަދި ވިދާޅުވީ "ގައިގައި ޖެހިޔަަސް" މިދިއަ ހުރިހާ ދުވަހު އަޅައި ނުލައްވާ ހުންނެވީ ކަމަށައި އެހެން ހުންނެވުމުން ވެސް "ޖޭޕީ ނަގާ އެއްލާލާފައިވާ" ކަމަށެވެ.

ގާސިމް ވިދާޅުވީ އެގޮތް މެދުވެރިވުމުން "ޖޭޕީއަށް މިހާރު ޖެހިފައި އޮތީ ނާށިގަނޑު ހިފައިގެން ސަލާން ޖަހަން ނިކުންނަން" ކަމަށެވެ. އަދި ވިދާޅުވީ ސިޔާސީ ގޮތުން ސަލާން ޖެއްސެވުމުގައި މިފަހަރު "މަގުމަތި ބޮޑު ލާރިއެއް ދިއްކޮށްލާ ބަޔަކާ އެކުގައި ވެސް މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި" ކަމަށެވެ. އަދި އެ ބަޔަކާއެކު ރައްޔިތުން މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރަން އެކުވެރިކަމާއެކު ގާނޫނު ތަންދޭ ގޮތެއްގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.

"މަގުމައްޗައް ނެރެ އެއްލާލުމުން ސަލާން ޖަހާ ނާށިގަނޑު ހިފައިގެން އުޅެންޖެހޭ ދެއްތޯ، ނުލާހަކު ރަނގަޅަށް ބަސް އަހައިގެން ފަރުވާތެރިކަމާއެކު ހެދިހާ ގޮތެއް ހެދިގެން، ގައިގަ ޖެހިޔަސް ބުރަކަށީ ފިރުމާލާ ދަރިފުޅާ އެހެން ނަހަދާށޭ ބުނެ، ނުވަތަ ލޯބިވެރިޔާއޭ އެހެން ނަހަދާށޭ ބުނާހެން އުޅެނިކޮށް ނަގާ ހޫރާލީމަ ކިހިނެތް ހަދާނީ؟ ދެން ދާން ޖެހޭނީ ނާށިގަނޑު ހިފައިގެން ސަލާން ޖަހަން ދޯ؟ ސަލާން ޖަހަން ނިކުމެ ހުއްޓާ މީހަކު ބޮޑު ލާރިއެއް ވައްޓާލިޔަސް އެއްލައެއް ނުލެވޭނެ!" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ބައެއް ބޭފުޅުން "މަހުޖަނުން" އާއި "ސޭޓުން" ގެ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އެއީ އެމަނިކުފާނަށް އިޝާރަތްކޮށް ދައްކާ ވާހަކައެއް ކަމަށް ވެދާނެ ކަމަށާއި އެހެން ނުވިނަމަވެސް ރިޔާސީ އިންތިހާބަކާ ޖެހުމުން އެ މަނިކުފާނުގެ ބޭނުން ހިފާ ކަމަށެވެ. އަދި އިންތިހާބު ނިމޭ ހިސަބުން އަތް ފޮޅާލާފައިދާ ކަމަށެވެ.

"ކޮބައިތޯ މީގަ އަޅުަގނޑުމެން ހެދި ގޯހެއް ނުވަތަ އަޅުގަނޑުމެން ކުރި ކުށެއް، އަޅުގަނޑުމެން ހޭވި ހަޑިއެއް އެބައޮތްތޯ، އަޅުގަނޑުމެން އަދިވެސް ކަނޑައެއް ނާޅަމޭ މިވެނި އަދަދަކަށް ގޮނޑިއަކަށް ކަމެއް އަޅުގަނޑުމެން ކުރިމަތިލާނީ،" \