ވިލާ ކޮލެޖުގެ ސްކޮލަޝިޕް ސްކީމްއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ވިލާ ކޮލެޖުން 2016 ވަނަ އަހަރުން ފަށައިގެން ކޮންމެ އަހަރަކުވެސް ފުރުސަތުދޭ ސްކޮލަޝިޕްތަކަށް، މިއަހަރު ހުޅުވާލާފައިވަނީ ޖުމްލަ ތިން ދާއިރާ އަކުންނެވެ.
ވިލާ ކޮލެޖު އޯޕަން ސްކޮލަޝިޕް:
މި ކެޓަގަރީގެ ދަށުން ވަނީ ތިން ސްކޮލަޝިޕްއަކަށް ހުޅުވާލާފަ އެވެ. އެއީ ފައުންޑޭޝަނާއި ޑިގްރީ އަދި މާސްޓާސް ފެންވަރުގެ ސްކޮލަޝިޕެވެ. ސްކޮލަޝިޕް ދިނުމުގައި ބަލާނީ އެންމެ މަަތީ ފާސް ހޯދާފައިވާ ފަރާތްތަކެވެ.
ވިލާ ކޮލެޖު/ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ސްކޮލަޝިޕް:
ވިލާ ހައި ސްކޫލުން އޭ ލެވެލް ހަދާފައިވާ ދަރިވަރުންގެ ތެރެއިން ދެ ދަރިިވަރަކަށް ކޮލެޖުގައި ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ދެވޭނެ އެވެ. މި ސްކޮލަޝިޕްއަށް ދަރިވަރުން ހޮވުމުގައި ބަލާނީ ކުރިމަތި ލާފައިވާ ދަރިވަރުންގެ ތެރެއިން އޭ ލެވެލް އިން އެންމެ މަތީ ފާސް ހޯދާފައިވާ ދަރިވަރުންނަށެވެ.
ވިލާ ކޮލެޖު އެލަމްނައި ސްކޮލާޝިޕް:
ވިލާ ކޮލެޖުން ކިޔެވުން ނިންމާފައިވާ ދަރިވަރުންްނަށް ހާއްސަކޮށް ހުޅުވާލާފައިވާ މި ދާއިރާގެ ދަށުން މާސްޓާސް އާއި ޑިގްރީ ފެންވަރަށް ކިޔެވުމަށް ކޮންމެ ކެޓަގަރީއަކުން ފުރުސަތެއް ލިބޭނެ އެވެ. އަދި ކޯހަށް ދަރިވަރުން ހޮވުމުގައި ބަލާނީ އެންމެ މަތީން ފާސް ހޯދާފައިވާ ދަރިވަރުންނަށެވެ.
މި ސްކޮލަޝިޕް ސްކީމްތަކުގެ ދަށުން ވިލާ ކޮލެޖުގެ ކެމްޕަސްތަކާއި އެ ކެމްޕަސްތައް ހުންނަ އަތޮޅު ނުވަތަ ރަށު ކައުންސިލާއި ޖަމިއްޔާތަކާއި ގުޅިގެން ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަޝިޕް ނަމުގައިވެސް ސްކޮލަޝިޕްތަކެއް ހުޅުވާލެވޭނެ ކަމަށް މިއަދު ބޭއްްވި ނޫސް ކޮންފަރެންސްގައި ބުންޏެވެ.
މިހާރު ހުޅުވާލާފައިވާ ސްކޮލާޝިޕް ފުރުސަތުތަކަކީ ޖެނުއަރީ އިންޓޭކަށް ހާއްސަ ފުރުސަތުތަކެވެ.