ހަބަރު

އިރުތިޝާމް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފި

Jan 21, 2019
3

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހެލްތް މިނިސްޓަރު ކަމާއި ޔޫތް މިނިސްޓަރުކަން ކުރެއްވި އިރުތިޝާމް އާދަމް މިރޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފި އެވެ.

އިރުތިޝާމް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވިއިރު އޭނާ މީގެކުރިން ވަނީ ޕީޕީއެމްގެ ބައެއް ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފަ އެވެ. ނަމަވެސް އޭނާއަކީ އެއްވެސް އިރެއްގައި ޕީޕީއެމްގެ މެންބަރެއް ނޫން ކަމަށްވެ އެވެ.

އޭނާ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވިއިރު އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާލޭގެ ދާއިރާއަކަށް ކުރިމަތިލައްވާ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.

އިރުތިޝާމަކީ ޑިޕްލޮމެޓިކް ދާއިރާގައި ގިނަ އަހަރުތަކެއްވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެކުރިން ޖެނީވާގައި ހުންނަވާ ސަފީރުކަމުގެ މަގާމު ވެސް އޭނާ އަދާކުރައްވާފައިވެ އެވެ.