ވިޔަފާރި

2018: ދައުލަތަށް ބަލައިގަތް އާމްދަނީ ހަތް ޕަސެންޓް އިތުުރު

މިދިޔަ އަހަރު މޯލްޑިވްސް އިލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް ބަލައިގަތް އާމްދަނީ ހަތް ޕަސެންޓް އިތުރު ވެއްޖެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާ މީރާގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު މީރާ މެދުވެރިކޮށް ޖުމްލަ 16.3 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މި އަދަދަކީ އޭގެ ކުރީ އަހަރު ލިބުނު 15.2 ބިލިއަން ރުފިޔާއާ އަޅާ ބަލާނަމަ ހަތް ޕަސެންޓުގެ އިތުރުވުމެކެވެ.

މިދިޔަ އަހަރު ޖީއެސްޓީގެ ގޮތުގައި ހަތް ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ބިޕީޓީގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި ގްރީން ޓެކުހުގެ ގޮތުގައި 810 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މީގެ އިތުރުން ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި އެއާޕޯޓް ޑިވްލޮޕްމަންޓް ފީގެ ގޮތުގައި 21 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

މީރާއިން ބުނި ގޮތުގައި މިދިޔަ އަހަރު ޑޮލުން ލިބުނު އާމްދަނީގެ ގޮތުގައި ދައުލަތަށް ޖުމްލަ 623 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ. ނަމަވެސް މިދިޔަ އަހަރު ލިބުނީ 567 މިލިއަން ޑޮލަރެވެ.