ހަބަރު

އެމެރިކާއިން ރާއްޖެއަށް ދޭ އެހީ އިތުރުކުރާނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

Jan 23, 2019

އެމެރިކާއިން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރު ކުރެވޭނެ ދާއިރާތަކާ ގުޅޭ ގޮތުން އެ ގައުމާއެކު މަޝްވަރާކޮށްފި އެވެ.

އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެ ގައުމަށް ކުރައްވަމުން ގެންދަވާ ދެ ދުވަހުގެ ރަސްމީ ދަތުރުގެ ތެރެއިން، މިއަދު ވަނީ އެމެރިކާގެ ޓްރެޒަރީ ޑިޕާޓްމަންޓާއި ބައިނަލްއަގުވާމީ އެހީދޭ ޖަމިއްޔާކަމުގައިވާ (ޔުސެއިޑް) އާއެކު ބައްދަލުކުރައްވައިފަ އެވެ.

އެ ބައްދަލުވުމުގެ ތެރެއިން ކުރެވުނު މަޝްވަރާތަކުގައި، އެމެރިކާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެ ތިން ދާއިރާއެއް ކަނޑައަޅާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ.

މިގޮތުން، ވަސީލަތްތައް ތަރައްގީކުރުމާއި، މީހުން ބިނާކުރުމުމުގެ އިތުރުން މާލީ ދާއިރާއަށް އެމެރިކާގެ އެހީތެރިކަން އިތުރުކުރުމަށް މަޝްވަރާ ކުރެވުނުކަމަށް މިނިސްޓްރީން އިތުރަށް ބުންޏެވެ.