ވިޔަފާރި

އިންޑިއާގެ އެންމެ ބޮޑު ޓެރެވެލް ފެެއާގައި ރާއްޖެ

ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރްސީ) އާއެކު އިންޑިއާގެ މްބާއީގައި ބާއްވާ އެ ގައުމުގެ އެންމެ ބޮޑު ޓްރަވެލް ޓްރޭޑް ފެއާ، އޯޓީއެމް ގައި ފުރަތަމަ ފަހަރަށް ބައިވެރިވެއްޖެ އެވެ.

އޯޓީއެމް ފެއާ އިންޑިޔާގެ މުމްބާއީގައި ކުރިޔަށް ދާނީ މި ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުން ފެށިގެން މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ ފެއާގައި ރާއްޖޭގެ ޓްއަރިޒަމްއަކީ އެންމެނަށްވެސް އެފޯޑަބަލް ޓްއަރިޒަމެއްގެ ގޮތުގައި ޕްރޮމޯޓް ކުރާނެ ކަަމަށް ގެސްޓްހައުސް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.