ބޮލީވުޑް

ދިހަ އަހަރު ފަހުން ކަރީނާއާ އަކްޝޭ އެކުގައި ފެނިލަނީ

ދިހަ އަަހަރު ފަހުން ކަރީނާ ކަޕޫރާއި އަކްޝޭ ކުމާރުގެ ޖޯޑު އެކުގައި ފެނިލަން ތައްޔާރު ވެެއްޖެ އެވެ.

އަކްޝޭ އާއި ކަރީނާ މީގެ 10 އަހަރު ކުރިން ކުޅުނު ފިލްމު "ކަމްބަކްތު އިޝްގު" އަށް ފަހު މި ޖޯޑު ބޮލީވުޑްގެ ސްކްރީިނުން ގެއްލުނީ އެވެ. ފޭނުން ސިިއްސުވާލަމުން މި ދެ ތަރިން އެންމެ ފަހުން އިއުލާން ކުރީ ރާޖް މެހެތާގެ ފިލްމު "ގުޑް ނިއުސް" އިން އެކުގައި ފެންނާނެ ކަމަށެވެ.

އަކްޝޭގެ ސޯޝަލް މީޑިއާގައި މިކަން ފާހަ ކޮށް ހިއްސާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، 2009 އިން 2019 އަށް ބެލުންތެރިންނަށް ދޭނެ "ގުޑް ނިއުސް" އަކީ މިއީ ކަމަށެވެ. އަދި "ގުޑް ނިއުސް" އަކީ އަދިވެސް މާ ބޮޑު ކަމެއް ބަދަލު ނުވާ ކަމަށެވެ. އަކްޝޭ ކުރި ޕޯސްޓުގައި އޭނާ ވަނީ 2009 ގައި ކުޅުނު ފިލްމު "ކަމްބަކްތު އިޝްގު" ގެ ފޮޓޯ އަކާއި ޝޫޓިންގ ފެށި ފިލްމު "ގުޑް ނިއުސް" ގެ ފޮޓޯ އެއް ކައިރީ ޖައްސާ އެންމެންނާ ހިއްސާ ކޮށްފަ އެވެ.

އަކްޝޭ އާއި ކަރީނާ ވަނީ މީގެ ކުރިން އެކި ފިލްމު ތަކުގައި މަސައްކަތް ކޮށްފަ އެވެ. "އައިތުރާޒް" "ބޭވަފާ" "ތަޝާން" ފަދަ ފިލްމުތަކަކީ އެ ޖޯޑުގެ އެންމެ މަގުބޫލު ފިލްމުތަކެވެ.

މުމްބާއީިގައި މިހާރު ޝޫޓިންގ ފަށާފައިވާ ފިލްމު "ގުޑް ނިއުސް"ގައި އަކްޝޭ އާއި ކަރީނާގެ އިތުރުން ކިއާރާ އަދްވާނީ އާއި ދިލްޖީތު ދޮސަންޖުވެސް ލީޑު ރޯލުގައި ފެންނާނެ އެވެ. ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ މިއަހަރުގެ މެދު ތެރޭގަ އެވެ.