މޯލްޑިވްސް ޕޮލިސް ސާވިސް

ޕްރީ ސްކޫލެއްގެ ފައިސާތައް ވަގަށް ނަގައިފި

ލ. ގަމުގެ ތުނޑީ އަވަށުގައި ހުންނަށް ޕްރީ ސްކޫލަކުން ރޭ ދަންވަރު ވައްކަންކޮށް ފައިސާތަކެއް ގެންގޮސްފި އެވެ.

ފުލުހުން ބުނެފައިވަނީ އެ ސްކޫލުގެ ދޮރެއް ހަލާކު ކޮށްލައިގެން ވަދެ ފައިސާތަކެއް ވަގަށް ގެންގޮސްފައިވާ ކަމަށާއި އެ މައްސަލަ ހުށަހެޅުމުން އެކަން ބަލައި ތަހުގީގެއް ކުރަމުން އަންނަ ކަމަށެވެ.

ވައްކަމުގެ އެ މައްސަލާގައި މީހަކު ހައްޔަރު ކޮށްފައި ނުވާއިރު ވަގަށް ގެންދިޔައީ ކިހާ ފައިސާއެއް ކަމެއް ސާފެއް ނުވެއެވެ. އެ ސްކޫލް ފަޅައިލި އިރު އެތާނގައި ސެކިއުރިޓީ ގާޑުން ތިބޭ ކަމެއް ވެސް އަދި ސާފުވެފައެއް ނުވެއެވެ.