ދިވެހި މީޑިއާ

ޒިންމާދާރު ކަމާއެކު ހަބަރު ފަތުރަން ގޮވާލައިފި

ފަހަކަށް އައިސް އިސްލާމްދީނު އިންތަކުގެ ބޭރުން ބައެއް ނޫސްތަކުން ހަބަރު ފަތުރަމުންދާތީ އެކަން އެގޮތަށް ނުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ގޮވާލައިފި އެވެ.

އެމްއެމްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްލާމްދީނުގެ ހަމަތަކުގެ ބޭރުން ހަބަރުތައް ފެތުރުމުގެ ސަބަބުން ފިތުނަ ފަސާދާއާއި ނަފުރަތު އުފެދި ދިވެހި މުޖްތަމައު ގަބޫލުކުރާ އަހްލާގީ މިންގަނޑުންގެ ބޭރުން ކަންތައް ކުރުމަށް ހިތްވަރު ލިބިގެންދާ ކަމަށެވެ. އަދި ނޫސްވެރިކަން ކުރުމުގައި ގެންގުޅެންޖެހޭ ހަމަތަކުގެ ބޭރުން ބައެއް ނޫސްތަކުން ހަބަރު ފަތުރަމުންދާތީ އެކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބެމުންދާ ކަމަށެވެ.