ހަބަރު

އައިޖީއެމްއެޗުން މައުލޫމާތު ނުދީގެން އެޗްއާރްސީއެމް ކޯޓަށް

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބަލަމުންދާ މައްސަލައަކަށް ބޭނުންވާާ މައުލޫމާތު ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުން ފޯރުކޮށް ނުދީގެން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

އެޗްއާރްސީއެމުން ކުރި ޓްވީޓެއްގައި ބުނަނީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހޯދަން އެދިފައިވާ މައުލޫމާތު އައިޖީއެމްއެޗުން ފޯރުކޮށް ނުދީގެން ސިވިލް ކޯޓަށް މައްސަލަ ހުށަޅާފައިވާ ކަމަށެވެ. އަދި މިއަދު އެ މައްސަލައިގައި ސިވިލް ކޯޓްގައި މިއަދު އޮތް ފުރަތަމަ އަޑުއެހުމަށް ދިޔަ މަށެވެ.

ކޮމިޝަނުން ބަލަމުންދަނީ ކޮން މައްސަލައެއް ކަމެއް ނުއެއް ބުނެ އެވެ. ހޮސްޕިޓަލުން ފޯރުކޮށްދީފައި ނުވަނީ ކޮން މައުލޫމާތެއް ކަމެއްވެސް ސާފުކޮށެއް ނުދެ އެވެ.

އެކަމާ ގުޅިގެން އައިޖީއެމްއެޗުން ބުނީ، މައްސަލައިގެ ތަފްސީލް ދެވެން ކަމަށެވެ. އަދި މައްސަލާގައި އެ ހޮސްޕިޓަލްގެ ލީގަލް ޓީމުން ކޯޓުގައި ޖަވާބުދާރީވާނެ ކަމަށެވެ.