ހަބަރު

އެމްޓީޑީސީ އެމްޑީއަށް ތަޒްމީލް، ޕީއެސްއެމް ބޯޑަށް މިދުހަތު

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބޭފުޅަކާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ބޯޑަށް ބޭފުޅަކު އައްޔަންކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ބުނީ، އެމްޓީޑީސީގެ އެމްޑީ ކަމަށް ގއ. ދެއްވަދޫ، ކަރަންކާގޭ، ތަޒްމީލް އަބްދުލް ސަމަދު މިއަދު އައްޔަން ކޮށްފައިވާ ކަމަށެވެ. އަދި ޕީއެސްއެމްގެ ބޯޑް މެންބަރަކަށް ހއ. ހޯރަފުށީ ދަނބުރުއްދޮށުގޭ އަލީ މިދުހަތު އައްޔަންކޮށްފައިވާ ކަމަށެވެ.

ތަޒްމީލްއަކީ ހޯމް މިނިސްޓްރީގެ ކޯޑިނޭޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފަ އެވެ. އަދި އަލީ މިދުހަތު ވަނީ ސަން މީޑިއާގައި މަސައްކަތްކުރައްވާފަ އެވެ.