ނައިބު ރައީސް ފައިސަލް ނަސީމް ހަތަރު އިދާރާއަކަށް ޒިޔާރަތް ކުރައްވައިފި އެވެ.
ނައިބު ރައީސް މިއަދު ހެނދުނު ފުރަތަމަ ވަޑައިގަތީ ސްޓެލްކޯއަށެވެ. އޭގެ ފަހުން ގައުމީ ޔުނިވާސިޓީ އާއި އިސްލާމިކް ޔުނިވާސިޓީ އަދި ޓިވެކް އޮތޯރިޓީއަށް ވަޑައިގެންނެވި އެވެ.
ނައިބުގެ މި ޒިޔާރަތުގައި އެ ތަންތަނުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައި އިދާރާތްތަކުގެ އިސްވެރިންނާއި މުވައްޒިފުންނާ ވެސް ބައްދަލު ކުރެއްވެވި އެވެ.