ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - ޕީއެންސީ

އާދިއްތަށް ދުވަހު ޕީއެންސީ އުފައްދާ ޖަލްސާ ބާއްވަނީ

އަންނަ އާދީއްތަ ދުވަހު ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ، ޕީއެންސީ އުފައްދާ ޖަލްސާ ބާއްވަން ނިންމައިފި އެވެ.

އެ ޕާޓީން ބުނީ، ޖަލްސާ ބާއްވަން ހަމަޖެހިފައިވަނީ ދަރުބާރޫގެ ރަންނަށް ބަޑޭރި މާލަމުގައި ރޭގަނޑު 8:30 ގައި ކަމަށެވެ.

ކޮންގްރެސް ޕާޓީއަށް އުފައްދަން ހުއްދަ ނުދީ، ފޯމްތައް ބާތިލުކުރާ ކަމަށް ބުނާ މައްސަލައިގެ ޝަކުވާތައް ބޮޑުވެފައި ވަނިކޮށް އެ ޕާޓީ އުފައްދަން ބާއްވަންޖެހޭ ޖަލްސާ ބޭއްވުމަށް އެ ޕާޓީގެ މުއްސިސް، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލް ރަހީމް އަބްދުﷲއަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ހުއްދަށް ދީފައިވަނީ މިއަދެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައި އުފައްދާ ކޮންގްރެސް ޕާޓީއަށް ހުއްދަ ނުދީ ފޯމްތައް ބާތިލު ކުރަމުންދާ މައްސަލަ ހޫނެވެފައި އޮތް އިރު އީސީން ބުނެފައި ވަނީ އެފަދަ އެއްވެސް ކަމެއް ނުހިނގާ ކަމަށާއި އެއްވެސް ޕާޓީއަކާމެދު ތަފާތު ކުރުމެއެް ނުގެންގުޅޭ ކަމަށެވެ.