ހަބަރު

ބެލްޖިއަމުން ރާއްޖެ އެތެރެކުރި ޑްރަގް ޕާރުސަލެއް އަތުލައިފި

ބެލްޖިޔަމުން ރާއްޖެ އެތެރެ ކުރަން އުޅުނު، 1105 ގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން ބުނީ މިދިޔަ ބުރާސްފަތި ދުވަހު ޕޯސްޓްގެ ޒަރީއާއިން ރާއްޖެއަށް ގެނައި ޕާރުސަލެއްގައި ހުރި ތަކެތި މަސްތުވާތަކެއްޗަށް ޝައްކު ކުރެވޭތީ އޭގެ ވެރިފަރާތުގެ ހާޒިރުގައި ކެނޑި އިރު، އެއިން 1943 ގުޅަ ފެނިފައިވާ ކަމަށެވެ. އެ ޕާރުސަލް ގެނައީ ޔޫރަޕްގެ ބެލްޖިއަމުންނެވެ.

ކަސްޓަމްސް އިން ބުނީ އެ ތަކެތި ޓެސްޓުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްޑީއެމްއޭ (އެކްސްޓަސީ) އަށް ޕޮޒިޓިވް ވެފައިވާކަމަށާއި އެތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. މި ޕާރްސަލް ގެނައީ ދިވެއްސެއް ކަމެއް ބޭރު މީހެއް ކަމެއް އަދި ސާފެއް ނުވެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ މިހާރު ބަލަމުންނެވެ.