ހަބަރު

ބިޑުނުކޮށް މަޝްރޫއުތައް ދެވޭނެ އުސޫލެއް އެކުލަވާލައިފި

ވީއައިއޭ ،17 ޖެނުއަރީ 2019: ރާއްޖޭގެ މައި އެއާޕޯޓް: މަޝްރޫއުތައް ބިޑާ ނުލައި ދެވޭނެ އުސޫލެއް ވަނީ ހަދާފައި -- އަހުމަދު ޝުރާއު | އަވަސް
0%
0%
0%

ބިޑަކާ ނުލައި މަޝްރޫއުތައް ދެވޭ ގޮތަށް، ބިޑަކާ ނުލައި ސަރުކާރަށް ޕްރޮޕޯސަލް ހުށަހެޅޭނެ އުސޫލެއް ރައީސް އޮފީހުން އާއްމުކޮށްފި އެވެ.

ރައީސް އޮފީހުން ސަރުކާރު ގެޒެޓުގައި ޝާއިއުކޮށްފައިވާ "ބިޑް ކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯސަލް ހުށަހެޅުމުގެ އުސޫލު" ގައިވާ ގޮތުން މި އުސޫލުގެ މަގުސަދަކީ ވަކި މަޝްރޫއެއް ހިންގުމަށް ސަރުކާރުން އިއުލާން ކުރުމުގެ ކުރިން އަމިއްލަ ފަރާތްތަކުން އިސް ނަގައިގެން، ސަރުކާރުގެ ތަރައްގީގެ ލަނޑުދަނޑިތަކާ ގުޅުން ހުރި މަޝްރޫއުތައް ހިންގުމަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ މަގު ފަހި ކުރުމެވެ.

ރައީސް އޮފީހުން ބުނީ ބޭރު ގައުމެއްގެ އެހީގައި ހިންގާ ނުވަތަ ކޮންސެޝަން ލޯނެއްގެ ދަށުން ހިންގާ މަޝްރޫއުތަކާއި ސަރުކާރުން ހިންގަން ކަނޑައަޅާ މަޝްރޫއެއް ހިންގުމުގައި ބިޑަކާ ނުލައި ވަޒީރުން މަޖިލީސް ނުވަތަ ވަޒީރުން މަޖިލީހުގެ ކޮމެޓީއެއްގެ މަޝްވަރާއެއްގެ މަތިން ރައީސް ރައީސް ކަނޑައަޅާ ފަރާތަކާ ހަވާލުކޮށްގެން އެ މަޝްރޫއު ހިންގުމަށް މަޝްރޫއު ހަވާލު ކުރެވޭނެ އެވެ.

މި އުސޫލުގައިވާ ގޮތުން މަޝްރޫއު ހަވާލު ކުރެވޭ ފަރާތްތަކަކީ މާލީ ގޮތުންނާއި ފަންނީ ގޮތުން އެ މަޝްރޫއެއް ހިންގުމަށް އެކަށީގެންވާ ކަށަވަރު ކުރުމުގެ ގޮތުން ހާއްސަ ކަންތައްތަކެއް ބަލަން ޖެހެ އެވެ. މިގޮތުން ސަރުކާރުން ކަނޑައަޅާ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް އަމިއްލަ ފަރާތްތަކުން ބައިވެރި ކުރެވޭނެ ގޮތް ހެދުމާއި އަމިއްލަ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލްތައް ދެފުން ފެންނަ އަދި ވާދަވެރި އުސޫލެއް ކަނޑައެޅުން ހިމެނެ އެވެ.

ބިޑް ކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯސަލް ހުށަހެޅުމުގެ އުސޫލު-

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން "ބިޑް ކުރުމުގެ ދައުވަތަކާ ނުލައި ޕްރޮޕޯސަލް ހުށަހެޅޭނެ އުސޫލެއް" ކަނޑައެޅިއިރު، ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް މިފަދަ އުސޫލެއް ކަނޑައެޅި އެވެ. ނަމަވެސް އޭރު ކަނޑައެޅި އުސޫލާމެދު ގިނަ ބަޔަކު ފާޑު ކިއުން އަމާޒު ކުރި އެވެ.

7 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910