ހަބަރު

މަޖިލީހުގެ އިންތިހާބުގައި ވޯޓު ދެވެނީ 264589 މީހުނަށް

Jan 28, 2019

އޭޕްރީލް މަހުގެ ރާއްޖޭގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ 264589 ކަމަށް އިލްކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އިސީން ބުނީ މަޖިލިސް އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ 264589 މީހުންގެ ލިސްޓު މާދަމާ ރަސްމީކޮށް އިއުލާނު ކުރާނީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވާލައިގެން ކަމަށެވެ. މިއަދަދަށް މީހުނަށް ވޯޓްލެވޭ އިރު މުޅީން އަލަށް 2336 މީހަކަށް ވޯޓު ލެވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮންނާނީ އޭޕްރީލް މަހުގެ ހަވަނަ ދުވަހު އެވެ.