ހަބަރު

ވެލާނާ އެއާޕޯޓްގެ ޓާމިނަލް ސަރަހައްދުން ކަރަންޓް ކެނޑިއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލް ސަރަހައްދުން ކަރަންޓު ކެނޑި ބައެއް އޮޕަރޭޝަންތަކަށް ބުރޫ އަރައިފި އެވެ.

ވީއައޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްްޕެނީއިން ބުނީ މިއަދު އިރުއޮއްސެން ކައިރިވެފައިވަނިކޮށް، އެއާޕޯޓްގެ ޕަސެންޖާ ހޭންޑްލިން އޭރިއާ ނުވަތަ ޓާމިނަލް ސަރަހައްދުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. އަދި މެއިން ޕަވާ ސަޕްލައިއަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ކަރަންޓު ކެނޑިފައިވާ ސަރަހައްދުތަކަށް ވީ އެންމެ އަވަހަކަށް ކަރަންޓް ދެވިގެންދާނެ ކަމަށްވެސް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ.

އެމްއޭސީއެލް އިން ކޮށްފައިވާ ޓުވީޓެއް

އެމްއޭސީއެލް އިން ބުނީ ކަރަންޓް ކެނޑިފައިވަނީ މުޅި އެއާޕޯޓުން ނޫން ކަމަށާއި، ބައެއް ސަރަހައްދުތަކުން ކަމަށެވެ. އަދި އެކަމަަށްޓަކައި ޕަސެންޖަރުންގެ ކިބައިން އެކުންފުނިން ވަނީ މައާފަށްވެސް އެދިފަ އެވެ.