ހަބަރު

164 ދިވެހި ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދަަނީ

Jan 29, 2019
6

ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާނެ ދިވެހި ސްޕެޝަލިސްޓުން ހޯދަން އެ މިނިސްޓްރީ އިން އިއުލާންކޮށްފި އެވެ.

ހެލްތު މިނިސްޓްރީ އިން ކުރި އިއުލާނުގައި ބުނެފައި ވަނީ ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތަކުގައި މަސައްކަތް ކުރަން ޝައުގުވެރިވާ 18 ދާއިރާއެއްގެ ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ވަޒީފާގެ ފުރުސަތު ހުލުވާލާފައިވާ ކަމަށެވެ. އެގޮތުން 164 ފަރާތަކަށް އެ ފުރުސަތު އޮންނާނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

އެ ފަރާތްތަކަށް މުސާރާގެ ގޮތުގައި 30،990 ރުފިޔާ ލިބެ އެވެ. އަދި ސަވިސް އެލަވަންސްގެ ގޮތުގައި އިތުރު 10،200 ރުފިޔާ ލިބޭނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ. އެ ވަަޒީފާއަށް ކުރިމަތިލެވޭނީ މެޑިކަލް އޮފިސާގެ ޝަރުތު ހަމަވުމާއި މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލުކުރާ ތިނެއް ނުވަތަ ހަތަރު އަހަރު ދުވަހަށްވުރެ ކުރުނޫން އެމްޑީ، އެމްއެސް ނުވަތަ އެއާ އެއް ފެންވަރުގެ ޑިގްރީއެއް މެޑިކަލް ސްޕެޝަލްޓީއަކުން ހޯދާފައި ވުމެވެ. އަދި މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ސްޕެޝަލިސްޓެއްގެ ގޮތުގައި ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތަކަށް ވާން ޖެހޭ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

ސްޕެޝަލިސްޓުން ބޭނުންވާ ދާއިރާތައް

  • މެޑިސިން
  • އެނެސްތީސިއޮލޮޖީ
  • އޯތޯޕީޑިކްސް
  • އެނެސްތީސިއޮލޮޖީ
  • ސާޖަރީ
  • ޕީޑިއެޓްރިކްސް
  • ޑާމެޓޮލޮޖީ
  • އޮބްސްޓެޓްރިކްސް އެންޑް ގައިނޮކޮލިޖީ
  • ނިއުރޮލޮޖީ
  • ކާޑިއޮލޮޖީ
  • ޕެތެލޮޖީ
  • ހެމޮޓޮލޮޖީ
  • ޕިޒީޝިއަން
  • ސައިކޭޓްރީ
  • އީއެންޓީ
  • ރޭޑިއޮލޮޖީ
  • ނެފްރޮލޮޖީ
  • އޮފްތަލްމޮލޮޖިސް

އެ ވަޒީފާއަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރަތްތަކުން އަންނަ މަހު 14 ވަނަ ދުވަހުގެ ކުރިން ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ. އަދި ލިޔުންތައް ހުށަހަޅަން ޖެހޭނީ ވަޒީފާއަށް އެދޭ ހޮސްޕިޓަލެއް ނުވަތަ ސިއްހީ މަރުކަޒަކަށް ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.