އެޗްއާރްސީއެމް

ދައުލަތުގެ ބެލުމުގައި ހުއްޓާ މަރުވި މީހެއްގެ މައްސަލަ ބަލަނީ

ރޭގެ ވަގުތެެއްގައި އައިޖީއެމްއެޗްގައި މަރުވި އުމުރުން 85 އަހަރުގެ މީހެއްގެ މައްސަލަ ހިއުމަން ރައިޓިސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބަލަން ފަށައިފި އެވެ.

އެޗްއާރްސީއެމުން މައްސަލަ ބަލާ އެ މީހާއަކީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި މީހެކެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އުމުރުން ދުވަސްވީ މީހާ ރޭ އައިޖީއެމްއެޗްގައި މަރުވެފައި ވަނީ ގުދުރަތީ މަރަކުން ކަމަށާއި އޭނާއަކީ ފުއްޕާމެއާއި ހިތުގެ ބައްޔަށް ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމަށެވެ. އަދި ބުނީ އެ މީހާ ދައުލަތުގެ ބެލުމުގެ ދަށަށް ނަަގައި ވަނީ ސިއްހީ ފަރުވާއަށް ބޭނުން ޖެހި، އަޅައިލާނެ ފަރާތެއް ނެތިގެން ކަމަށެވެ.

މި ވާހަކަ ހިއްސާ ކުރުމަށް ޖެންޑާއިން ވެސް ކުރީ ޓްވީޓެކެވެ. އަދި މައްސަލަ ބަލާކަން ހާމަ ކުރުމަށް އެޗްއާރްސީއެމުން ވެސް ކުރީ ޓްވީޓެކެވެ.

މި މީހާގެ މައްސަލާގައި އިތުރު ތަފުސީލް ލިބޭ ގޮތެއް ނުވި އެވެ.