ފީނުން

ޑައިވިނަށް ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދަނީ

ޑައިވިނަށް ފޭބި ފަތުރުވެރިއަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ ސަފާރީއަކުން ވ. އަލިމަތާ އުތުރު ކަނޑު އޮޅިއަށް ޑައިވިނަށް ފޭބި ފަތުރުވެރިއެއްގެ ހަބަރެއް ނުވެގެން ހޯދަން ފަށާފައިވާ ކަމަށެވެ. އެ ފިރިހެން މީހާ ޑައިވިންއަށް ދިޔައީ "ނޯތްލެސް ކުރޫޒާ 2" ގައެވެ. އެމީހާ ގެއްލުނީ މިއަދު މެންދުރުފަހު 1:30 އެހާކަންހާއިރު އެވެ. އެއީ ޖަރުމަނުގެ 57 އަހަރުގެ ފިރިހެނެކެވެ.

މޫދަށް އެރި ގެނބިގެން މަރުވުމުގެ ހާދިސާތައް ފަހަކަށް އައިސް ރާއްޖޭގައި ވަނީ ގިނަވެފަ އެވެ. މި ހަފުތާގެ ތެރޭ ޕެރަޑައިސް ރިސޯޓްގައި މޫދަށް އެރި އުޅެނިކޮށް މީހަކު މަރުވި އިރު މިމަހުގެ ތެރޭގައި އެ ރިސޯޓްގައި އަންހެން ފަތުރުވެރިއަކު ވެސް ގެނބިގެން މަރުވި އެވެ. އަދި ހަނީމޫނަށް ރާއްޖެ އައިސް އުޅުނު ފިލިޕީންސްގެ ދެމަފިރިއަކު ވެސް ރާއްޖެއައިސް މޫދަށް އެރި އުޅެނިކޮށް ވަނީ މަރުވެފައެވެ.