ހަބަރު

ޑީކޯވި ފަތުރުވެރިޔަކު ފަރުވާއަށް މާލެ ގެނެސްފި

އައްޑު އަތޮޅުގައި ޑައިވިނަށް ދިޔަ ފަތުރުވެރިޔަކު ޑިކޮޕްރެޝަން ސިކްނެސް (ޑީކޯ) ވެގެން އިތުރު ފަރުވާ އަށް މާލެ ގެނެސްފި އެވެ.

އެމްއެންޑީއެފް އިން ބުނީ އައްޑޫ ކަނޑެހެރާ މަންތާ ޕޮއިންޓަށް ޑައިވިނަށް ގޮސް އުޅެނިކޮށް ޑީކޯވީ 57 އަހަރު ފިރިހެނެއް ކަމަށާއި ސިފައިންގެ އެހީތެރިކަމާއެކު އޭނާ ލެ ގެނެސްފައިވާ ކަމަށެވެ.

ފަހަކަށް އައިސް ޑީކޯވުމުގެ ސަބަބުން ބައެއް މީހުންގެ ފުރާނަ ގެއްލި އަދި ބައެއް މީހުން ނުކުޅެދޭ ހާލަތަށް ގޮސްފައި ވެއެވެ. ޑީކޯވާ މީހުންނަށް ފަރުވާދިނުމަށް ހާއްސަ ޗެމްބަރެއް ބަނޑޮސް ރިސޯޓުގައި ހުރެ އެވެ. ކުރިން އައްޑޫސިޓީ ޝަންގްރިއްލާ ރިސޯޓުގައި އެފަދަ ޗެމްބަރެއް ހުރި ނަމަވެސް މިވަގުތު އެ ޗެމްބަރު ހުރީ ހަލާކުވެފަ އެވެ.