ސިއްހަތު

ޕެސްޓިސައިޑްތަކުން ރައްކާތެރިވާން ވިނިގާ!

ސިއްހަތަށް ފާއިދާ ހުރި ތަރުކާރީ އާއި މޭވާ ކެއުމަކީ އެންމެވެސް އެކަމަށް ސަމާލުވާ ކަމަކެވެ. ތާޒާ މޭވާ އާއި ތަރުކާތި އަދި އެކި ބާވާތް ބާވަތުގެ ފަތް މާރުކޭޓުން ގަންނަން ވެސް ލިބެ އެވެ. އޭގައި އަގު ހުއްޓަސް ދުޅަހެޔޮކޮށް ހުރުމަށް ކޮންމެހެން ބޭނުންވާތީ އާއި ދަރިންނަށް ރަނގަޅު ތަކެތި ކާން ދިނުމުގެ މަގުސަދުގައި ހޯދަނީ އެވެ. އެހެންނަމަވެސް މި ތަކެތި ހޯދާ ކޭއުމުގައި ބަލަންޖެހޭ ކަންކަން ވެސް ހުރެ އެވެ.

1
 

ދަނޑުވެރިން ވަރަށް ގިނަ ކެމިކަލް ޖަހާ!

ބާޒަރުގައި ވިއްކަން ހުންނަ ތަރުކާރީ އަދި މޭވާ ތަކުގެ ތެރެއިން އެއްވެސް އެއްޗަކީ ޕެސްޓިސައިޑްގެ އެއްވެސް އަސަރެއް އޭގައި ނުހުންނާނެ އެއްޗެކޭ ބުނެވޭކަށް ނޯވެއެވެ. އަދި އޯގެނިކްކޮށް ހައްދާފައި ހުންނަ މޭވާ އަދި ތަރުކާރީގައި ވެސް ޕެސްޓިސައިޑްތަކުގެ އަސަރު ކޮންމެވެސް ވަރަކަށް ހުރެދާނެ އެވެ.

2
 

ޕެސްޓިސައިޑަކީ ކޮބާ؟

މިއީ ދަނޑުވެރިން އެމީހުން ބުރަ މަސައްކަތުން އިންދާ ހައްދާ މޭވާ އަދި ތަރުކާރީ ފަދަ ގަސްތައް ހަލާކުވިޔަ ނުދިނުމަށާއި ގަސްތަކުގައި އަޅާ ފަނިފަކްސާ މެރުމަށް ބޭނުންކުރާ ކެމިކަލް ނުވަތަ އެކި ފާޑުގެ ބޭސްތަކެވެ.

3
 

ޕެސްޓިސައިޑްތަކުން ނުރައްކާވަނީ ކީއްވެ؟

ޕެސްޓިސައިޑް އަސަރު ގަސްގަހަށް ޖެހުމުން އެ ގަސްގަހުގާ އަޅާ މޭވާ އަދި ތަރުކާރީތަކަށް ޕްސްޓިސައިޑްގެ އަސަރު ކުރެ އެވެ. އަދި އޭގެ ސަބަބުން ގިނަ އަދި ބޮޑެތި ބަލިތަކަށް މަގުފަހި ވެއެވެ. އޭގެ ތެރޭގައި ކެންސަރާއި ކިޑްނީގެ ބަލިތަކާއި އަދި ފުއްޕާމޭ ގެ ބަލިތައް ހިމެނެ އެވެ.

އޭގެ އަސަރު ތުއްތުކުދިންނަށާއި މާބަނޑު މީހުންނަށް ކުރާ މިންވަރު ވެސް ބޮޑެވެ. ކުދިންނަކީ އެމީހުންގެ އޯގަން ތަކުގެ ދިފާއީ ބާރު ބަލިކަށިވުމުގެ ސަބަބުން އަވަހަށް އިންފެކްޝަންތަކާއި ބަލިތައް އެރުމުގެ ފުރުސަތު ބޮޑު ބައެކެވެ. އަދި މި ފަދަ ކެމިކަލްތަކަށް އެކްސްޕޯސްވުމުގެ ސަބަބުން ކެންސަރަށާއި ނަފްސާނީ އެކި އެކި ބަލިތައް ކަމުގައިވާ އޯޓިޒަމް އާއި އެޓެންޝަން ޑެފިޝަންޓް ޑިސްއޯޑާތަކަށް މަގުފަހިވުމުގެ ފުރުސަތު ބޮޑުވެ އެވެ.

ފެސްޓިސައިޑްގެ އަސަރު ހުރި މޭވާ އަދި ތަރުކާރީ ބޭނުން ކުރުމުގެ ސަބަބުން މާބަނޑު މީހުންނަށް ވެސް ވިހެއުމުގައި މައްސަލަތައް ލައިގަތުމުގެ ފުރުސަތު ބޮޑުވެ އެވެ.

ޕެސްޓިސައިޑްތަކުގެ ބައިތައް މޭވާ އަދި ތަރުކާރީގައި މަދުން ހުރި ކަމުގައިވިޔަސް ގިނަ ދުވަހު މިފަދަ މޭވާ އަދި ތަރުކާރީ ބޭނުން ކުރާނަމަ ސިއްހީ އެތައް މައްސަލައަކާއި ކުރިމަތިވެދާނެ އެވެ.

4
 

ރައްކާތެރިވާނީ ކިހިނެއް؟

ތަރުކާރީ އާއި މޭވާ އަދި އެކި ބާވަތުގެ ފަތްތައް ކެއުމުގެ ކުރިން ރަނގަޅަށް ދޮންނަންވީ އެވެ. ދޮންނައިރު ފެނަށް ވިނިގާ އެޅުމުން ގިނަ އަދަދެއްގެ ބެކްޓީރިއާ މަރުވުމަށް އެހީތެރިވެ ދެއެވެ. ދެހާސް ތިން ވަނަ އަހަރު ޖާނަލް އޮފް ފުޑް ޕްރޮޓެކްޝަނުން ހެދި ސްޓަޑީއެއްގައިވާ ގޮތުން ހަމައެކަނި ފެނުން ދޮވުމުގެ ބަދަލުގައި އާފަލު ދޮވުމުގައި ވިނިގާ އަދި ފެން ބޭނުން ކޮށްގެން ދޮވުމުން އާފަލުގައި ބޭރުގެ ތޮށިން ސެލްމޮނެއްލާ އެތައް ގުނައަކަށް މަދުވެގެން ދިޔައެވެ.

މިގޮތުން އޮމާން ތޮށިގަނޑެއް ހުންނަ މޭވާ އަދި ތަރުކާރީ، މިސާލަކަށް ޓޮމާޓޯ އަދި އާފަލު ދޮވުމަށް އެއް ޖޯޑު ވިނިގާ އަދި 3 ޖޯޑު ފެން އަޅައިގެން މިކްސް އެއް ހަދައި ސްޕްރޭ ފުޅިއަކުން މުޅި މޭވާއަށް ސްޕްރޭ ކުރެވިދާނެ އެވެ. އެއަށް ފަހު ރަނގަޅަށް ފެނުން ދޮވެފައި ކެއުމަށް ބޭނުން ކުރެވިދާނެ އެވެ.

ސްޕިނޭޗް އަދި ލެޓިއުސް ފަދަ ފަތްތައް ދޮވުމަށް 1 ޖޯޑު ވިނގާ އަދި 3 ޖޯޑު ފެން ބޯތަށްޓަކަށް ފަތްތަކުގެ ތަނޑިތަށް ނެއްޓުމަށްފަހު ލާށެވެ. އަދި އެއަށް ފަހު ފެނުން ރަނގަޅަށް ދޮވެލާށެވެ. ކޮލީފްލާވާ އާއި ބްރޮކޮލީ ފަދަ ތަރުކާރީ ދޮވުމަށް ވެސް ހަމަ މި ގޮތަށް ބޯތައްޓެއްގައި މި ތަރުކާރީ ދެތިން މިނެޓަށް ބެހެއްޓުމަށްފަހު ފެނުން ދޮވެގެން ބޭނުން ކުރެވިދާނެ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި އެންމެ ގިނައިން ބޭހުގެ އަސަރު ހުންނަނީ މޭވާތަކުގެ ތެރެއިން ޕީޗާއި ނެކްޓަރީން އާއި ޗެރީސް އާއި ސްޓްރޯބެރީ އާއި ގްރޭޕްސް، ޕިއާސް، ރާސްބެރީސް އަދި އާފަލެވެ. ތަރުކާރީގެ ތެރެއިން އަލުއްވާއި ސްޕިނޭޗާއި ބެލް ޕެޕާ އަދި ސެލެރީގަ އެވެ.

އަދި ޕެސްޓިސައިޑްގެ އަސަރު އޭގައި މަދުކަމަށް ހިމެނޭ މޭވާތަކުގެ ތެރޭގައި އެވަކާޑޯ، އަނބު، ކިވީ، ފަޅޯ، އަލަނާސި އަދި ދޮންކެޔޮ ހިމެނެއެވެ. ތަރުކާރީތަކަށް ބަލާއިރު ކޮލިފްލާވާ ބްރޮކޮލީ، ފިޔާ، ސްވީޓް ކޯން އަދި ޕީސް ފާހަގަ ކޮށްލެވެއެވެ.