ވިޔަފާރި

ބީއެމްއެލް ބޯޑަށް އާއްމު ހިއްސާދާރުންގެ ޑިރެކްޓަރުން ހޯދަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބޯޑުގައި ހިމެނޭ އާއްމު ހިއްސާދާރުން ތަމްސީލްކުރާ ތިން ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާން، އެ ބޭންކުން މިއަދު ހުޅުވާލައިފި އެވެ.

ރާއްޖޭގެ ގައުމީ ބޭންކް، ބީއެމްއެލް އިން ބުނި ގޮތުގައި އާއްމު ހިއްސާދާރުން ތަމްސީލް ކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 30 ވަނަ ދުވަހުން ފެށިގެން މާޗު ތިންވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ.

މި މަގާމަށް ކުރިމަތިލާ މީހެއްނަމަ އުމުރުން 30 އަހަރާއި 70 އަހަރުވުމުގެ އިތުރުން، މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ނެރެފައިވާ "ފިޓް އެންޑް ޕްރޮޕާ ރިކްއާމެންޓް" ގައި ބުނާ ޝަތުރުތައް ހުންނަން ޖެހޭނެ އެވެ. މީގެ އިތުރުން މި ދާއިރާ އިން ތައުލީމާއި ތަޖުރިބާ ލިބިފައިވާ މީހެއް ކަމަށްވާން ޖެހޭނެ ކަމަށް އެ ބޭންކުން ބުނެފައިވެ އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުގެ ބޯޑުގައި މިހާރު ތިއްބެވީ، ޗެއާމަން ސައީދާ އުމަރުގެ އިތުރުން، ނޮން- އިންޑިޕެންޑެންޓް ޑިރެކްޓަރުގެ ގޮތުގައި ތިއްބެވި މުހައްމަދު ޝަރީފު އާއި މުހައްމަދު ލުއެއިޒް އަދި އަބްދުލް ހާރިސް އާއި އައިޝަތު އަރުޝާ އެވެ. މީގެ އިތުރުން ހިމެނެނީ ރަބީހް މުހައްމަދު އާއި ހައްވާ ޝަފްނާ އަދި މުހައްމަދު އަބްދުލް ސައްތާރު އާއި އިބްރާހިމް މުހައްމަދު އާއި އިރުތިޝާމް އަހުމަދު ސައީދު އެވެ.