އެސްޓީއޯ އަށް މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި އަހަރުގެ އެންމެ ބޮޑު ފައިދާ ލިބިއްޖެ އެވެ.
އެސްޓީއޯ އިން އާއްމުކުރި މިދިޔަ އަހަރުގެ ހަތަރުވަނަ ކްއާޓަރުގެ ރިޕޯޓުގައިވާ ގޮތުން، ފުރަތަމަ ކުއާޓަރުގައި ފައިދާގެ ގޮތުގައި ލިބުނީ 46 މިލިއަން ރުފިޔާ އެވެ. އަދި ދެވަނަ ކުއާޓަރުގައި 47 މިލިއަން ރުފިޔާ އަދި ޖެހިގެން އައި ކުއާޓަރުގައި ވެސް އެވަރު ލިބުނުއިރު ހަތަރު ވަނަ ކުއާޓަރުގައި ލިބިފައިވަނީ 65 މިލިއަން ރުފިޔާ އެވެ.
އެސްޓީއޯގެ ކުއާޓަލީ ރިޕޯޓުގައިވާ ގޮތުން ހަތަރުވަނަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 2.5 ބިލިއަން ރުފިޔާ އެވެ. އަދި ޖުމްލަ ފައިދާގެ ގޮތުގައި ލިބުނީ 341 މިލިއަން ރުފިޔާ އެވެ.
ހަތަރު ވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން ޓެކްސްއަށް ކެނޑުމުގެ ކުރީގެ އާމްދަނީއަކީ 88 މިލިއަން ރުފިޔާ އެވެ. ނަމަވެސް ތިންވަނަ ކުއާޓަރުގައި ލިބުނީ 55 މިލިއަން ރުފިޔާ އެވެ.