ހަބަރު

ހިޔާނާތު މައްސަލާގައިވެސް ވަކީލަކު ހޯދަން އަދީބަށް 10 ދުވަސް

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އިއްވާފައިވާ އަށް އަހަރު ދުވަހުގެ ޖަލުހުމުގެ އިސްތިއުނާފު ޝަރީއަތަށް ވަކީލަކު ހަމަޖައްސަން 10 ދުވަސް ހައި ކޯޓުންދީފި އެވެ.

އަދީބުގެ މައްޗަށް ހިޔާނާތުގެ ދައުވާ ކޮށްފައިވަނީ އެމްއެމްޕީސީއިން ކުރެއްދޫ ހޯލްޑިންސްއަށް ކުއްޔަށް ދިން ޅ. މާބިންހުރާގެ ފައިސާ އަދީބުގެ އާއިލީ ބޭފުޅެއް ކަމަށްވާ ހާމިދު އިސްމާއިލް ހިއްސާވާ އަދި އަދީބު މިނިސްޓަރަކަށްވެ ވަޑައިގަތުމުގެ ކުރިން މަސައްކަތްކުރެއްވި ކުންފުންޏެއް ކަމަށްވާ މިލޭނިއަމް ކެޕިޓަލްގެ އެކައުންޓަކަށް ޖަމާކުރި ކަމަަށް ބުނެ އެވެ.

އެ މައްސަލާގައި މިއަދު އޮތީ އިސްތިއުނާފްގެ ފުރަތަމަ އަޑުއެހުމެވެ. އަދީބުގެ ވަކީލް އެ މައްސަލައިން ތަނާޒުލްވެ ވަޑައިގެންފައިވާތީވެ، އަދީބު އެދި ވަޑައިގަތީ ވަކީލަކު ހަމަޖައްސަން 10 ދުވަސް ދެއްވުމަށެވެ. މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ނިންމެވީ އަދީބަށް 10 ދުވަސް ދީ، އެ މުއްދަތަށްފަހު ޑުއެހުމެއް ބާއްވާށެވެ.

ރިޔާސީ ލޯންޗުކޮޅު، "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލި މައްސަލައިގައި ވެސް އިއްޔެ ވަނީ އަދީބަށް ވަކީލަކު ހަމަޖައްސަން 10 ދުވަސް ދީފައެވެ.